އަޑިއަށްދިޔަ ލޯންޗެއް އޮޔާދާތީ ދަތުރުވެރިން ސަމާލުވުމަށް އިލްތިމާސްކުރަން
28 އޭޕްރީލް 2017 23:15

މާލެއިން ފުރައިގެން އއ.މަތިވެރިއަށް ދަތުރުކުރި ލޯންޗެއް އަލިހުރަސް ކަނޑައް އަޑިއަށްގޮސް އޮޔާދާތީ އެސަރަހައްދުން ދަތުރުކުރައްވާ ދަތުރުވެރިން ސަމާލުވުމަށް އިލްތިމާސްކުރަމެވެ.

މިހާދިސާގެ މަޢުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑް މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރަށް ލިބިފައިވަނީ މިރޭ 21:45 ހާއިރުއެވެ.

"ޖީ ތުރޯ" ނަމަކަށްކިޔާ މި ލޯންޗު އަޑިއަށްގޮސްފައިވަނީ ކަނޑުމަތިން އޮޔާދިޔަ އެއްޗެއްގައިޖެހި ލޯންޗު ފަޅައިގެން ދިއުމުންކަމަށް ލޯންޗުގެ ކެޕްޓަން މަޢުލޫމާތުދެއެވެ. އަދި މި ލޯންޗަކީ މަޑު ފެހިކުލައިގެ ދަވާދު ލާފައިވާ ލޯންޗެއްކަމަށްވެސް ލޯންޗުގެ ކެޕްޓަން މަޢުލޫމާތުދެއެވެ.

ތިން މީހުންނާއެކު މާލެއިން ފުރައިގެން އއ.މަތިވެރިއަށް ދަތުރުކުރި މި ލޯންޗުގައިތިބި ތިން މީހުން ކަނޑުމަތިން ނަގާފައިވަނީ، އއ.ބޮޑުފުޅަދޫއިން ފުރައިގެން މާލެ ދަތުރުކުރި "ސައިރަން އޮފް ދަ ސީ" ނަމަކަށްކިޔާ ލޯންޗަކަށެވެ.

އަޑިއަށްދިޔަ މި ލޯންޗުގައި ތިބި މީހުން "ސައިރަން އޮފް ދަ ސީ" ނަމަކަށްކިޔާ ލޯންޗަށް ނަގާފައިވަނީ މާލޭގެ ހުޅަނގުން 18 މޭލު ބޭރުންކަމަށް "ސައިރަން އޮފް ދަ ސީ" ލޯންޗުގެ ކެޕްޓަން މަޢުލޫމާތުދެއެވެ.