އެމްއެންޑީއެފް ކޯސްޓްގާޑުން އއ.އުކުޅަހުގައި ނިޔަމިކަމުގެ ކޯހެއް ފަށައިފި
08 މެއި 2017 17:08

އެމްއެންޑީއެފް ކޯސްޓްގާޑުން އއ.އުކުޅަހުގައި ނިޔަމިކަމުގެ ކޯހެއް މިއަދު ފަށަފިއެވެ.

މިއަދުން ފެށިގެން މިމަހު 11 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްގެންދާ މި ކޯހުގައި ތިން ބުރަކަށް މީހުން ނެގިފައިވާއިރު ކޮންމެ ބުރެއްގައި 30 ބައިވެރިން ހިނެމެއެވެ.

މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީން އެކުލަވާލާފައިވާ ނިޔަމި ކަމުގެ ކޯހުގެ މިންގަނޑަށް އެމްއެންޑީއެފް ކޮލެޖް އޮފް ޑިފެންސް އެންޑް ސެކިއުރިޓީ ސްޓަޑީޒް އާއި އެމްއެންޑީއެފް ކޯސްޓްގާޑުން ހިންގާ މި ކޯހުގައި، މައިގަނޑު 4 ބައެއް ކިޔަވައިދިނުމަށް ހަމަޖެހިފައިވެއެވެ. މީގޮތުން ނެވިގޭޝަން، ސޭފްޓީ، ކޮމިޔުނިކޭޝަން އަދި ރެގިޔުލޭޝަންގެ ބައިތައް މި ކޯހުގައި އުނގަންނައިދެވޭނެއެވެ.

މި ކޯހުގެ މުދައްރިބުންގެ ގޮތުގައި ހަރަކާތްތެރިވަނީ އެމްއެންޑީއެފް ކޯސްޓްގާޑުގެ ސިފައިންނެވެ.