އަޑިއަށްދިޔަ ދޯންޏެއް އަލިހުރަސް ކަނޑުން އޮޔާދާތީ ދަތުރުވެރިން ސަމާލުވުމަށް އިލްތިމާސްކުރަން
18 މެއި 2017 13:02

މާލެއިން ފުރައިގެން އދ.އޮމަދުއަށް ދަތުރުކުރި ދޯންޏެއް އަޑިއަށްގޮސް އަލިހުރަސް ކަނޑުން އޮޔާދާތީ ދަތުރުވެރިން ސަމާލުވުމަށް އިލްތިމާސްކުރަމެވެ.

މި ދޯންޏަކީ 60 ފޫޓުގެ ދިގު ކަންނެލި މަސްވެރިކަންކުރާ ދޯންޏެކެވެ. މި ދޯނި އަޑިއަށްގޮސްފައިވަނީ ކ.ރަންނާޅި ރިސޯޓް ގެ ހުޅަނގުން 10 ނޯޓިކަލް މޭލު ބޭރުންނެވެ.

އެހެން ކަމުން އެސަރަހައްދުން ދަތުރު ކުރައްވާ ފަރާތްތަކުން މިކަމަށް ހާއްސަ ސަމާލުކަން ދެއްވުމަށް އިލްތިމާސްކުރަމެވެ.