މަސްވެރިކަން ކުރާ ދޯންޏެއް ގދ.ތިނަދޫ ކައިރީ އޮތް ގިރިއަކަށް އެރުމާ ގުޅިގެން އެމްއެންޑިއެފް ސަދަން އޭރިއާއިން ހަރަކާތްތެރިވާން ފަށައިފި
18 މެއި 2017 23:12

މަސްވެރިކަން ކުރާ "ވަނަ ދޯނި" ނަމަކަށް ކިޔާ ދޯންޏެއް ގދ.ތިނަދޫ ކައިރީ އޮތް ގިރިއަކަށް އެރުމާ ގުޅިގެން އެމްއެންޑިއެފް ސަދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންއިން ހަރަކާތްތެރިވާން ފަށައިފިއެވެ.

މިރޭ ގާތްގަނޑަކަށް 21:47 ހާއިރު މިހާދިސާގެ މަޢުލޫމާތު ލިބުމާއެކު ދިޔަ ހިއްކާ ޕަމްޕާއެކު އެމްއެންޑީއެފް ސަދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންގެ ސިފައިން ވަނީ ހަރަކާތްތެރިވާން ފަށާފައެވެ. އަދި ދޯނި އޮތް ސަރަޙަދަށް ގޮސް ދޯނީގައި ހެދިފައިވާ ދިޔަގަނޑު ހިއްކުމުގެ މަސައްކަތުގައި އެމްއެންޑީއެފް ސަދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންގެ ސިފައިން އަންނަނީ ހަރަކާތްތެރިވަމުންނެވެ.

މިހާދިސާގައި ހިނގިއިރު ދޯނީގައި 21 މީހުން ތިއްބެވެ. އަދި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ. މިހާދިސާގައި ދޯންޏަށް އެކިވަރުގެ ގެއްލުން ލިބިފައިވެއެވެ.