ވެލި ބަރުކޮށްގެން ދަތުރު ކުރި ދޯންޏެއް އަޑިއަށްގޮސްގެން އެމްއެންޑީއެފް ސެންޓްރަލް އޭރިއާއިން ހަރަކާތްތެރިވާންފަށައިފި
09 ޖުލައި 2017 13:36

ވެލި ބަރުކޮށްގެން ތ.ތިމަރަފުއްޓަށް ދަތުރުކުރި ދޯންޏެއް އަޑިއަށްގޮސްގެން އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޯސްޓްގާޑް ސްކޮޑްރަަންއިން ހަރަކާތްތެރިވާންފަށައިފިއެވެ.

މިހާދިސާގެ މަޢުލޫމާތު މިއަދު 11:00 ހާއިރު އެމްއެންޑީއެފް ސެންޓްރަލް އޭރިއާއަށް ލިބުމާއެކު ޑައިވަރުންގެ ޓީމަކާއެކު ކޯސްޓްގާޑް ހާބަރ ކްރާފްޓް ލޯންޗެއް ވަނީ އެސަރަހައްދަށް ދިއުމަށްޓަކައި އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ލ.ކައްދޫއިން ފުރާފައެވެ.

35 ފޫޓުގެ "ދޯދި" ނަމަކައްކިޔާ މި ދޯނި އަޑިއަށް ގޮސްފައިވަނީ ތިމަރަފުށީގައި ކުރިން ބޭނުންކުރި ބާ ނެރު ކައިރިން 33 މީޓަރު އަޑިއަށެވެ. މި ހާދިސާ ހިނގި އިރު ދޯނީގައި 3 ދިވެހިން ދަތުރުކުރަމުންދިޔައެވެ. މި ހާދިސާގައި ދޯނިން ދަތުރުކުރި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ.

މި ދޯނި ފެންމަތި ކުރުމުގެ މަސައްކަތް ދޯނީގެ ވެރިފަރާތާއި ގުޅިގެން އެމްއެންޑީއެފް ސެންޓްރަލް އޭރިއާގެ ސިފައިން އަންނަނީ ކުރަމުންނެވެ.