އައްޑޫސިޓީ، ހިތަދޫގައި ދެ ކާރެއްގައި ރޯވި އަލިފާން ނިއްވާލައިފި
12 ޖުލައި 2017 09:04

އައްޑޫ ސިޓީ، ސ.ހިތަދޫގެ މަގެއްގައި ޕާކުކޮށްފައި އޮތް ދެ ކާރެއްގައި ރޯވި އަލިފާން އެމްއެންޑީއެފް ސަދަން އޭރިއާ، ހިތަދޫ ފަޔަރ ސްޓޭޝަނުގެ ސިފައިން ނިއްވާލައިފިއެވެ.

ރޭ ދަންވަރު، 03:50 ހާއިރު މި ހާދިސާގެ މަޢުލޫމާތު އެމްއެންޑީއެފް ސަދަން އޭރިއާ، ހިތަދޫ ފަޔަރ ސްޓޭޝަނަށް ލިބުމާ ގުޅިގެން، ސިފައިން ހަރަކާތްތެރިވެ ރޯވެފައިވާ އަލިފާންގަނޑު ވަނީ ނިއްވާލާފައެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާ ލިބިފައި ނުވާއިރު، ދެ ކާރުގެ ކުރީކޮޅު ވަނީ ވަރަށް ބޮޑަށް އަނދާފައެވެ. މޯލްޑިވްސް ޕޮލިސް ސަރވިސް އިން ދަނީ މިހާދިސާ ތަޙުޤީޤު ކުރަމުންނެވެ.