
އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސް އިން އިމާދުއްދީން ސްކޫލުގައި ފަޔަރ އިވެކުއޭޝަން ޑްރިލެއް ބާއްވައިފިއެވެ.
މިއަދު ހެނދުނާއި ހަވީރު އިމާދުއްދީން ސްކޫލުގައި ބޭއްވި މި ފަޔަރ އިވެކުއޭޝަން ޑްރިލްގައި، އެސްކޫލުގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިނަމަ ޢަމަލު ކުރަން ޖެހޭ ގޮތްތައް ވަނީ ފަރިތަކޮށްފައެވެ.
މި ޑްރިލްގައި، އަލިފާނުގެ ހާދިސާއެއް ހިނގާފާނެ ހާލަތެއްގައި ސްކޫލުގައި ތިބޭ ދަރިވަރުން ސްކޫލުން ނެރެގެން ސަލާމަތްތެރި ހިސާބަކަށް ގެންދާނެ ގޮތާއި، އެފްއާރުއެސްގެ ފަޔަރމަނުން އެސަރަޙައްދަށް ގޮސް އަލިފާން ނިއްވުމަށް މަސައްކަތްކުރާނެ ޕްލޭނަށް ފަރިތަކޮށްފައިވެއެވެ.
އަދި މި ފަޔަރ އިވެކުއޭޝަން ޑްރިލްއަށްފަހު ޑްރިލްގައި ހިމެނިގެން ދިޔަ ކަންކަމާ ގުޅޭ ގޮތުން އިމާދުއްދީން ސްކޫލުގެ މެނޭޖްމަންޓްގެ ބޭފުޅުންނާއެކު ވަނީ ބައްދަލުވުމެއް ބާއްވާފައެވެ. މި ބައްދަލުވުމުގައި އިވެކުއޭޝަން ޑްރިލްގައި އިތުރަށް ރަނގަޅު ކުރަން ހުރި ކަންކަމާ ގުޅޭ ގޮތުން ވަނީ މަޝްވަރާ ކޮށްފައެވެ.
މި ފަޔަރ އިވެކުއޭޝަން ޑްރިލް ކުރިއަށް ގެންގޮސްފައިވަނީ އެ ސްކޫލުގެ ދެ ސެޝަންގެ ދަރިވަރުންނަށް ބައިވެރިވެވޭނެ ގޮތަށެވެ.