މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ މުވައްޒަފުންނަށް އަލިފާނުން ރައްކާތެރިވެ ހޭލުންތެރިވުމަށް ޕްރޮގްރާމެއް ހިންގައިފި
16 ޖުލައި 2017 09:05

އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސް އިން މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ މުވައްޒަފުންނަށް  އަލިފާނުން ރައްކާތެރިވެ ހޭލުންތެރިވުމަށް ޕްރޮގްރާމެއް ހިންގައިފިއެވެ.

ވިލިމާލޭގައި ހުންނަ ފަޔަރ އެންޑް ރެސްކިޔު ޓްރޭނިންގ ސްކޫލުގައި މިދިޔަ ހޮނިހިރު ދުވަހު ކުރިއަށްގެންދިޔަ މި ޕްރޮގްރާމްގައި، މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ 66 މުވައްޒަފުން ބައިވެރިވެފައިވެއެވެ.

މި ޕްރޮގްރާމަކީ ހިނގާފާނެ އަލިފާނުގެ ހާދިސާއަކުން ރައްކާތެރިވުމަށާއި މިފަދަ ހާދިސާއެއް ހިނގައިފިނަމަ ހަރަކާތެރިވާނެ ގޮތްތައް ދަސްކޮށްދީ ހޭލުންތެރިކުރުމުގެ މަޤްޞަދުގައި ކުރިއަށް ގެންދެވުނު ޕްރޮގްރާމެކެވެ. މިގޮތުން، އަލިފާން ރޯވާން ދިމާވާ ސަބަބުތަކާއި، އަލިފާން ފެތުރޭ ގޮތްތަކާއި، އަލިފާން ރޯވެއްޖެނަމަ ޢަމަލުކުރަންޖެހޭ ގޮތްތަކާއި، އަލިފާން ނިވިއާއި ބެހޭ މަޢުލޫމާތު ދިނުމުގެ އިތުރުން، ރޯވެފައިވާ އަލިފާން ނިއްވާލުމުގެ ޢަމަލީ ފަރިތަކުރުންތަކެއް ކުރިއަށް ގެންގޮސްފައިވެއެވެ.

މި ޕްރޮގްރާމްގައި ކިޔަވައިދެއްވީ އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ޓްރޭނިންގ ސްކޫލުގައި މަސައްކަތްކުރާ ސިފައިންނެވެ.