އެންދަމަން ފީނީ މީހަކު ޑީކޯ ވެގެން އެމްއެންޑީއެފް ހެލިކޮޕްޓަރުގައި ޝަންގްރިއްލާ ރިސޯޓަށް ގެންގޮސްދީފި
21 ޖުލައި 2017 14:25

ފުޅިއަޅައިގެން އެންދަމަށް ފީނަން އުޅުނު މީހަކު، ޑައިވިންގ ޑީކޮމްޕްރެޝަން ސިކްނެސް (ޑީކޯ) ވެގެން އެމްއެންޑީއެފް ކުރަނގި ހެލިކޮޕްޓްރުގައި ޝަންގްރިއްލާ ވިލިނގިލި ރިސޯޓަށް ގެންގޮސްދީފިއެވެ.

ޑރ. ޢަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލުގައި ފަރުވާދެމުންދިޔަ 52 އަހަރުގެ ދިވެއްސަކު މިއަދު ހެނދުނު 10:45 ހާއިރު ޝަންގްރިއްލާ ވިލިނގިލި ރިސޯޓަށް އެމްއެންޑީއެފް ކުރަނގި ހެލިކޮޕްޓްރުގައި ގެންގޮސްދީފައިވަނީ، ޞިއްހީ އިތުރު އަވަސް ފަރުވާއަށް ޑރ. ޢަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލުން އެދިލެއްވުމުންނެވެ.

މަޢުލޫމާތު ލިބިފައިވާގޮތުގައި މި މީހާ ވަނީ 40 މީޓަރަށް ދެ ފަހަރެއްގެ މަތިން ރޭ ފަތިހު ފީނާފައެވެ.

މި މީހާ ޝަންގްރިއްލާ ވިލިނގިލި ރިސޯޓަށް ގެންގޮސްދިނުމުގައި އެމްއެންޑީއެފް ސަދަން އޭރިއާގެ ސިފައިންނާއި ސީ އެމްބިއުލެންސް ވަނީ ހަރަކާތްތެރިވެފައެވެ.