އެންދަމަން ފީނީ މީހަކު ޑީކޯ ވެގެން އެމްއެންޑީއެފް ހެލިކޮޕްޓަރުގައި ސ.ގަމަށް ގެންގޮސްދީފި
23 ޖުލައި 2017 12:54

ފުޅިއަޅައިގެން އެންދަމަށް ފީނަން އުޅުނު މީހަކު، ޑައިވިންގ ޑީކޮމްޕްރެޝަން ސިކްނެސް (ޑީކޯ) ވެގެން އެމްއެންޑީއެފް ކުރަނގި ހެލިކޮޕްޓްރުގައި އައްޑޫ ސިޓީ ގަމަށް ގެންގޮސްދީފިއެވެ.

އެމްއެންޑީއެފް ކުރަނގި ހެލިކޮޕްޓަރުގައި މިއަދު ހެނދުނު 11:30 ހާއިރު ސ.ގަމަށް ގެންގޮސްދީފައިވަނީ ޑރ. ޢަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލުގައި ފަރުވާދެމުންދިޔަ އުމުރުން 50 އަހަރުގެ ދިވެއްސެކެވެ. މި މީހާ ސ.ގަމަށް ގެންގޮސްދީފައިވަނީ ޞިއްހީ އިތުރު އަވަސް ފަރުވާއަށް ޝަންގްރިއްލާ ވިލިނގިލި ރިސޯޓަށް ގެންދިއުމަށްޓަކައި ޑރ. ޢަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލުން އެދިލެއްވުމުންނެވެ.

މަޢުލޫމާތުލިބިފައިވާގޮތުގައި މި މީހާ އެންދެމުމަށް، ރޭ ފަތިހު 43 މީޓަރަށް 30 މިނެޓުގެ ޑައިވްއެއް ކޮށްފައިވެއެވެ.