މިނިވަން ދުވަހުގެ މުނާސަބަތުގައި އެމްއެންޑީއެފް އިން ބާއްވާ ޝަރަފުގެ ހިނގާލުން ހުޅުމާލޭގައި ބާއްވާގޮތަށް ހަމަޖެހިއްޖެ
25 ޖުލައި 2017 10:35

ދިވެހިރާއްޖޭގެ ފަޚުރުވެރި 52 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި އެމްއެންޑީއެފް އިން ބޭއްވުމަށް ހަމަޖެހިފައިވާ ސިފައިންގެ ޝަރަފުގެ ހިނގާލުން ހުޅުމާލޭގައި ބާއްވާގޮތަށް ހަމަޖެހިއްޖެއެވެ.

ޝަރަފުގެ ހިނގާލުން ބޭއްވުމަށް ހަމަޖެހިފައި ވަނީ ޖުލައި މަހުގެ 28 ވާ ހުކުރު ދުވަހު އެވެ. މި ޝަރަފުގެ ހިނގާލުން ފެށުމަށް ހަމަޖެހިފައިވަނީ ހަވީރު 16:30 ގައެވެ.

ޝަރަފުގެ ހިނގާލުން ކުރިއަށް ދާނީ ފިތުރޯނުމަގު އެމްޕީއެލް ސަރަހައްދުން، އަސުރުމާ ހިނގުމުން، ނިރޮޅުމަގުން، ފިނިފެންމާ ހިނގުމުން، ފިތުރޯނުމަގު އެމްޕީއެލް ސަރަހައްދަށެވެ.

މި ޝަރަފުގެ ހިނގާލުމުގައި ތިން ސަރަހައްދެއްގައި ލަޝްކަރު ހުއްޓުމަށް ވަނީ ހަމަޖެހިފައެވެ. މިގޮތުން ފުރަތަމަ ހުއްޓޭނީ އަސުރުމާހިނގުމާއި ބޯގަންވިލާމަގު ގުޅޭ ކަންމަތީގައެވެ. ދެވަނައަށް ހުއްޓޭނީ ނިރޮޅުމަގާއި ފިނިފެންމާހިނގުން ގުޅޭ ހިސާބުގައެވެ. އަދި ތިންވަނައަށް ހުއްޓޭނީ ފިނިފެންމާހިނގުން، ހުޅުމާލޭ ސެންޓްރަލް ޕާރކް ސަރަހައްދުގައެވެ. ކޮންމެ ހުއްޓުމެއްގައިވެސް ސިފައިންގެ ބޭންޑްގައި ރާގުތައް ކުޅުމަށްވަނީ ހަމަޖެހިފައެވެ.