ދަތުރުކުރަމުންދިޔަ ލޯންޗެއް އަޑިއަށް ދާތީ އެމްއެންޑީއެފް ނޮދަން އޭރިއާއިން ހަރަކާތްތެރިވެއްޖެ
28 ޖުލައި 2017 15:52

ޅ.މާބިންހުރާއިން ފުރައިގެން ޅ އަތޮޅުގައި އޮންނަ ކުރެއްދޫ އައިލެންޑް ރިސޯޓަށް ދަތުރުކުރަމުންދިޔަ "މޫންލައިޓް" ނަމަކަށްކިޔާ ލޯންޗެއް، ދިޔަވެ އަޑިއަށް ދާތީ އެމްއެންޑީއެފް ނޮދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންއިން ހަރަކާތްތެރިވެއްޖެއެވެ.

މި ހާދިސާގެ މަޢުލޫމާތު މިއަދު 12:34 ހާއިރު އެމްއެންޑީއެފް ކޯސްޓްގާޑަށް ލިބުމާއެކު ވަނީ ހަރަކާތްތެރިވާން ފަށާފައެވެ. މިގޮތުން އެމްއެންޑީއެފް ކޯސްޓްގާޑުގެ ލޯންޗު އެސަރަޙައްދަށް ދިޔަ އިރު ލޯންޗު ވަނީ އަޑިއަށް ގޮސްފައެވެ. އަދި ލޯންޗުގައި ތިބި މީހުން ނަގާފައިވަނީ ކަނޑުމަތިންނެވެ. މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ.

މި ލޯންޗުން ދަތުރުކުރި މީހުން ގޮވައިގެން ކުރެއްދޫ އައިލެންޑް ރިސޯޓަށް ދިއުމަށް އެމްއެންޑީއެފް ނޮދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންގެ ލޯންޗު މިހާރު ދަނީ ދަތުރުކުރަމުންނެވެ.