ގުޅި ފަޅުގައި އޮތް ސަފާރީއަކަށް ދިޔަވާތީ އެމްއެންޑީއެފް މާލޭ އޭރިއާއިން ހަރަކާތްތެރިވާން ފަށައިފި
28 ޖުލައި 2017 16:21

ކ.ގުޅި ފަޅުގައި އޮތް "އީކުއޭޓަރ ސްޓާރ-1" ނަމަކަށް ކިޔާ ސަފާރީއަކަށް ދިޔަވާތީ އެމްއެންޑިއެފް މާލޭ އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންއިން ހަރަކާތްތެރިވާން ފަށައިފިއެވެ.

މިއަދު ގާތްގަނޑަކަށް 15:03 ހާއިރު މި ހާދިސާގެ މަޢުލޫމާތު ލިބުމާއެކު އެމްއެންޑިއެފް މާލޭ އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންގެ ސިފައިން ވަނީ ސަފާރީ އޮތް ސަރަޙައްދަށް ގޮސް ހަރަކާތްތެރިވާން ފަށާފައެވެ. އަދި އެ ދޯނީގައި ހެދިފައިވާ ދިޔަގަނޑު ހިއްކުމުގެ މަސައްކަތް ސިފައިންނާއި ދޯނީގެ ފަޅުވެރިން އަންނަނީ ކުރަމުންނެވެ.

މި ހާދިސާ ހިނގި އިރު އެ ދޯނީގައި 15 މީހުން ތިއްބެވެ. އޭގެ ތެރޭގައި ހިމެނެނީ 9 ފަތުރުވެރިންނާއި 6 ފަޅުވެރިންނެވެ.