ފަތުރުވެރިން ގޮވައިގެން ދަތުރުކުރި ލޯންޗެއް އަޑިއަށްގޮސްގެން އެމްއެންޑީއެފް ކޯސްޓްގާޑުން ހަރަކާތްތަތެރިވާންފަށައިފި
29 ޖުލައި 2017 17:20

ފަތުރުވެރިން ގޮވައިގެން ހުޅުލެއަށް ދަތުރުކުރި ލޯންޗެއް އަޑިއަށްގޮސްގެން އެމްއެންޑީއެފް ކޯސްޓްގާޑުން ހަރަކާތްތަތެރިވާން ފަށައިފިއެވެ.

އެރިއަދޫ އައިލެންޑް ރިސޯޓުން ފުރައިގެން ހުޅުލެއަށް ދަތުރުކުރި މިލޯންޗު އަޑިއަށްދިޔަކަމުގެ މަޢުލޫމާތު މިއަދު 16:00 ހާއިރު އެމްއެންޑީއެފް ކޯސްޓްގާޑް މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރ (އެމްއާރުސީސީ)އަށް ލިބުމާއެކު އެމްއެންޑީއެފް މާލޭ އޭރިއާ ހާބަރ ކްރާފްޓް ލޯންޗެއް ވަނީ އެސަރަހައްދަށްގޮސް ހަރަކާތްތެރިވާން ފަށާފައެެވެ.

މިހާދިސާ ހިނގިއިރު ލޯންޗުގައި ޖުމުލަ 10 މީހުން ދަތުރުކުރިއެވެ. އޭގެތެެރޭގައި 2 ކުޑަކުދިންނާއި 5 ފަތުރުވެރިއެއްގެ އިތުރުން ތިން ފަޅުވެރިއަކު ހިމެނެއެވެ. މި ހާދިސާ ހިނގުމުން އެސަރަހައްދުން ދަތުރުކުރި އެހެން ލޯންޗަކަށް މި 10 މީހުން ވަނީ ނަގާފައެވެ.

އެރިއަދޫ އައިލެންޑް ރިސޯޓުގެ މި ލޯންޗު އެރިއަދޫއަށް ގެންދިއުމުގައި ލޯންގެ ވެރިފަރާތާއި ގުޅިގެން އެމްއެންޑީއެފް މާލޭ އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންއިން އަންނަނީ އެހީތެރިކަންފޯރުކޮށްދެމުންނެވެ.