އެމްއެންޑީއެފްއިން ކޮށްފައިވާ މަސައްކަތްތަކާ ގުޅޭ ގޮތުން މަޢުލޫމާތު ދިނުމަށް ބައްދަލުވުމެއް ބާއްވައިފި
03 އޯގަސްޓް 2017 16:01

މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީގެ ދަށުން ހިންގާ މޯލްޑިސް ނޭޝަނަލް ޑިފެންސް ފޯސްއިން މިއަހަރުތެރޭގައި ކޮށްފައިވާ މަސައްކަތްތަކާ ގުޅޭ ގޮތުން މަޢުލޫމާތު ދިނުމަށް ބައްދަލުވުމެއް ބާއްވައިފިއެވެ.

މިއަދު ކޯސްޓްގާޑް ބިލްޑިންގ ގައި މިކަމަށްޓަކައި ބޭއްވި ބައްދަލުވުމުގައި އެމްއެންޑީއެފުން ކޮށްފައިވާ މަސައްކަތްތަކާ ގުޅޭ ގޮތުން މަޢުލޫމާތު ދިނުމަށް ބޭއްވި ބައްދަލުވުމުގައި މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ އަލްފާޟިލް އާދަމް ޝަރީފް ޢުމަރު ބައިވެރިވެވަޑައިގެންނެވިއެވެ. މި ބައްދަލުވުމުގައި އެމަނިކުފާނު ވަނީ ވާހަކަފުޅު ދައްކަވާފައެވެ.

މިއަދު ބޭއްވި މި ބައްދަލުވުމުގައި މިއަހަރު ޖަނަވަރީ މަހުން ފެށިގެން މިއަދާ ހަމައަށް އެމްއެންޑީއެފުން ކޮށްފައިވާ އިޖުތިމާޢީ މަސައްކަތްތަކާއި އެމްއެންޑީއެފްގެ ކުރިއެރުމަށް ކޮށްފައިވާ ޚާއްޞަ މަސައްކަތްތަކާ ގުޅޭގޮތުން ވަނީ ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާފައެވެ. އަދި އެ މަސައްކަތްތަކާ ގުޅޭ ޚާއްޞަ ވީޑިއޯ ޕްރެޒެންޓޭޝަނެއް ވަނީ ދައްކާލާފައެވެ.

އެމްއެންޑީއެފްއިން ކޮށްފައިވާ މަސައްކަތްތަކާ ގުޅޭ ގޮތުން މަޢުލޫމާތު ދިނުމަށް ބޭއްވި ބައްދަލުވުމުގައި ޑިފެންސް މިނިސްޓަރގެ އިތުރުން ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް އަޙްމަދު ޝާހިދާއި ޖެނެރަލް އޮފިސަރުންނާއި އެމްއެންޑީއެފްގެ ޔުނިޓްތަކުގެ ކޮމާންޑަރުން ބައިވެރިވެލެއްވިއެވެ.