ޣިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލުގައި ފަޔަރ އިވެކުއޭޝަން ޑްރިލެއް ބާއްވައިފި
09 އޯގަސްޓް 2017 04:53

އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސްއިން ޣިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލުގައި ފަޔަރ އިވެކުއޭޝަން ޑްރިލެއް ބާއްވައިފިއެވެ.

މިއަދު ހެނދުނު ޣިޔާސުއްދީން ސްކޫލުގައި ބޭއްވި މި ފަޔަރ އިވެކުއޭޝަން ޑްރިލްގައި، އެސްކޫލުގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިނަމަ ޢަމަލު ކުރަން ޖެހޭ ގޮތްތައް ވަނީ ފަރިތަކޮށްފައެވެ.

މި ޑްރިލްގައި، އަލިފާނުގެ ހާދިސާއެއް ހިނގާފާނެ ހާލަތެއްގައި ސްކޫލުގައި ތިބޭ ދަރިވަރުން ސްކޫލުން ނެރެގެން ސަލާމަތްތެރި ހިސާބަކަށް ގެންދާނެ ގޮތާއި، އެފްއާރުއެސްގެ ފަޔަރމަނުން އެސަރަޙައްދަށް ގޮސް އަލިފާން ނިއްވުމަށް މަސައްކަތްކުރާނެ ޕްލޭނަށް ފަރިތަކޮށްފައިވެއެވެ.

އަދި މި ފަޔަރ އިވެކުއޭޝަން ޑްރިލްއަށްފަހު ޑްރިލްގައި ހިމެނިގެން ދިޔަ ކަންކަމާ ގުޅޭ ގޮތުން ޣިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލުގެ މެނޭޖްމަންޓްގެ ބޭފުޅުންނާއެކު އެމްއެންޑީއެފް އެފްއާރުއެސްއިން ވަނީ ބައްދަލުވުމެއް ބާއްވާފައެވެ. މި ބައްދަލުވުމުގައި އިވެކުއޭޝަން ޑްރިލްގައި އިތުރަށް ރަނގަޅު ކުރަން ހުރި ކަންކަމާ ގުޅޭ ގޮތުން ވަނީ މަޝްވަރާ ކޮށްފައެވެ.