އިންޑިއާ، މިޔަންމާ އަދި ރާއްޖޭގެ އަސްކަރިއްޔާ ގުޅިގެން އަސްކަރީ ތަމްރީން ހަރަކާތްތަކެއް ބާއްވަން ނިންމާފައިވާ ކަމަށް ބޭރުގެ ނޫހަކުން ރިޕޯޓު ކޮށްފައިވާކަމަށް ބުނެ ރާއްޖޭގެ ބައެއް މީޑިއާތަކުން ފަތުރަމުންދާ ޚަބަރާ ގުޅޭ ނޫސް ބަޔާން
04 ސެޕްޓެމްބަރ 2017 21:30

ދިވެހިރާއްޖޭގެ އަސްކަރިއްޔާ އާއި މިޔަންމާ އަސްކަރިއްޔާ ގުޅިގެން އަސްކަރީ ތަމްރީންތަކެއް ކުރިއަށް ގެންދަން ހަމަޖެހިފައިވާކަމަށްބުނެ ފަތުރަމުންދަނީ ހަޤީގަތާ ޚިލާފު ޚަބަރެކެވެ. ދިވެހި އަސްކަރިއްޔާ އާއި މިޔަންމާ އަސްކަރިއްޔާ ގުޅިގެން ތަމްރީން ޕްރޮގްރާމްތަކެއް ހިންގުމަށް ހަމަޖެހިފައެއް ނުވެއެވެ. އަދި ކުރިމަގުގައި އެފަދަ އަސްކަރީ ތަމްރީންތަކެއް މިޔަންމާ އަސްކަރިއްޔާ އާއެކު ހިންގުމަށް ތާވަލު ކޮށްފައި ނެތް ވާހަކަ އެންމެހާ ފަރާތްތަކުގެ މަޢުލޫމާތައްޓަކައި ދަންނަވަމެވެ.