އެމްއެންޑީއެފް ކުރަނގި ހެލިކޮޕްޓަރުގައި ހާލު ބޮޑު ބަލި ދެ މީހަކު މާލެ ގެނެސްދީފި
08 ސެޕްޓެމްބަރ 2017 22:11

އެމްއެންޑީއެފް ކުރަނގި ހެލިކޮޕްޓަރުގައި ހާލު ބޮޑު ބަލި ދެ މީހަކު މާލެ ގެނެސްދީފިއެވެ.

މިއަދު މާލެ ގެނެސްފައިވާ ދެ މީހުންގެ ތެރެއިން މިއަދު މެނދުރު 12:30 ހާއިރު މާލެ ގެނެސްދީފައިވަނީ ދ.އަތޮޅު ހޮސްޕިޓަލުގައި ފަރުވާ ދެމުންދިޔަ މާބަނޑު އަންހެނެއް އިތުރު ފަރުވާއަށް ކުއްލިގޮތަކަށް މާލެ ގެނައުމަށް ޑޮކްޓަރުން ލަފާ ދެއްވުމާ ގުޅިގެންނެވެ.

މިއަދު އިރުއޮއްސި 18:45 ހާއިރު މާލެ ގެނެސްދީފައިވަނީ އުމުރުން 56 އަހަރުގެ ފިރިހެނެކެވެ. މި މީހާ މާލެ ގެނެސްދީފައިވަނީ ގދ.ފަރެސްމާތޮޑާއިންނެވެ.

އެމްއެންޑީއެފް ކުރަނގި ހެލިކޮޕްޓަރުގައި މިއަދު މާލެ ގެނެސްދީފައިވާ ބަލި ދެ މީހުންވެސް ވަނީ އައިޖީއެމް ހޮސްޕިޓަލަށް ގެންގޮސް އިތުރު ފަރުވާ ދޭން ފަށާފައެވެ. އަދި މިއަދު މި ކުރިއަށްދިޔަ މެޑިކަލް އިވެކުއޭޝަންތަކުގައި އެމްއެންޑިއެފް ސެންޓްރަލް އޭރިއާ އާއި އެމްއެންޑީއެފް ސަދަން އޭރިއާގެ ސިފައިން ވަނީ ހަރަކާތްތެރިވެފައެވެ.