ޏ.ފުވައްމުލަކުގައި ފެންބޮޑުވުމާއިގުޅިގެން އެމްއެންޑީއެފް ސަދަން އޭރިއާއިން ހަރަކާތްތެރިވާން ފަށައިފި
10 ސެޕްޓެމްބަރ 2017 16:05

މިހާރު ރާއްޖެއަށް ކުރަމުންދަ ވިއްސާރައާއި ގުޅިގެން ޏ.ފުވައްމުލަކުގައި ފެންބޮޑުވެފައިވާތީ އެމްއެންޑީއެފް ސަދަން އޭރިއާއިން ހަރަކާތްތެރިވާން ފަށައިފިއެވެ.

މިގޮތުން ޏ.ފުވައްމުލަކު ބަނޑާރަކިޅި އަދި މާލެގަން ސަރަހައްދުގައި ފެންބޮޑުވެ ބައެއް ގެތަކަށް ފެން ވަދެފައިވާތީ މިއަދު ހެނދުނުން ފެށިގެން އެމްއެންޑީއެފް ސަދަން އޭރިއާއިން ދަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ. މީގެ އިތުރުން ޏ.ފުވައްމުލަކުގެ މާލެގަމާއި ހޯދަނޑުގެ ކާނު ކެނޑުމުގެ މަސައްކަތް ވެސް އެމްއެންޑީއެފް ސަދަން އޭރިއާގެ ސިފައިން ދަނީ ކުރަމުންނެވެ.

ޏ.ފުވައްމުލަކު ފެންބޮޑުވުމާއި ގުޅިގެން ފެން ހިއްކުމަށް އެމްއެންޑީއެފް ސަދަން އޭރިއާ ސިފައިން ކުރަމުންދާ މަސައްކަތުގައި ހައުސިންގ މިނިސްޓްރީއާއި ޏ.ފޯއްމުލަކު ކައުންސިލް އިދާރާ އާއި މޯލްޑިވްސް ރޯޑް ކޯޕަރޭޝަންގެ އިތުރުން ޏ.ފުވައްމުލަކު ސިޓީ ކައުންސިލުން ވެސް ބައިވެރިވެފައި ވެއެވެ.