ދ.ބަނޑިދޫން ހާލުބޮޑު ބަލި މީހަކު އެމްއެންޑީއެފް ކުރަނގި ހެލިކޮޕްޓަރުގައި މާލެ ގެނެސްދީފި
13 ސެޕްޓެމްބަރ 2017 17:42

ދ.ބަނޑިދޫން ހާލުބޮޑު ބަލި މީހަކު އެމްއެންޑީއެފް ކުރަނގި ހެލިކޮޕްޓަރުގައި މިއަދު މާލެ ގެނެސްދީފިއެވެ.

މިއަދު 16:50 ހާއިރު މާލެ ގެނެސްދީފައިވަނީ އުމުރުން 71 އަހަރުގެ ފިރިހެނެކެވެ. މި މީހާ ސިއްޙީ އަވަސް ފަރުވާއަށް މާލެ ގެނެސްފައިވަނީ ދ.ބަނޑިދޫ ހެލްތް ސެންޓަރުން ބެއްލެވި ޑޮކްޓަރުން އެމީހާ، އިތުރު ފަރުވާއަށް މާލެ ގެންދިއުމަށް ލަފާ ދެއްވުމާ ގުޅިގެންނެވެ.

ބަނޑިދޫން ގެނައި ބަލި މީހާ ގޮވައިގެން އެމްއެންޑީއެފް ކުރަނގި ހެލިކޮޕްޓަރު ވަނީ މާލޭ އުސްފަސްގަނޑުގައި އަލަށްހެދި ހެލިޕޭޑްގައި ޖައްސާފައެވެ. އަދި ބަލިމިހާ މިހާރު ވަނީ އައިޖީއެމް ހޮސްޕިޓަލަށް ގެންދެވިފައެވެ.

މިއަދުން ފެށިގެން އެމްއެންޑީއެފް ގެ ހެލިކޮޕްޓަރުގައި މާލެ ގެންނަ ބަލި މީހުން ހޮސްޕިޓަލަށް ގެންދިއުން ފަސޭހަ ކުރުމަށް، ހެލިކޮޕްޓަރު ޖެއްސުމަށް ބޭނުންކުރަމުން ގެންދާނީ މާލޭ ދެކުނުފާރާތު އުސްފަސްގަނޑުގައި އަލަށް ހަދާފައިވާ ހެލިޕޭޑެވެ.