ހުޅުމާލެ ލިޓްލް ޖެމްސް ޕްރީ ސްކޫލުގެ ދަރިވަރުން އެމްއެންޑީއެފް ކޯސްޓްގާޑް ދެ ޝިޕަކަށް ޒިޔާރަތްކޮށްފި
04 އޮކްޓޯބަރ 2017 14:39

ހުޅުމާލެ ލިޓްލް ޖެމްސް ޕްރީ ސްކޫލުގެ ދަރިވަރުން އެމްއެންޑީއެފް ކޯސްޓްގާޑް ޝިޕް ހުރަވީ އަދި އެމްއެންޑީއެފް ކޯސްޓްގާޑް ޝިޕް ޢާޒީ އަށް މިއަދު ޒިޔާރަތްކޮށްފިއެވެ.

ދަންފަޅިތަކަކަށް ބަހާލައިގެން 365 ދަރިވަރުން ކުރި މި ޒިޔާރަތުގައި މި ކުދިންނަށް ވަނީ އެމްއެންޑީއެފްގެ ޝިޕްތަކާއި ބެހޭ މަޢުލޫމާތު ފޯރުކޮށްދީފައެވެ. އަދި ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަމާއި ގުޅޭގޮތުންނާއި، ކަނޑުމަތީގެ ރައްކާތެރިކަމަށް ބޭނުންކުރާ ބައެއް އާލާތްތަކާއި ގުޅޭ މަޢުލޫމާތު ދީ އެތަކެތި އަމަލީގޮތުން ބޭނުންކުރާ ގޮތް ވަނީ ކިޔައިދީފައެވެ.

މި ދަރިވަރުންނަށް މުޢުލޫމާތު ދިނުމުގައި ހަރަކާތްތެރިވެފައިވަނީ އެމްއެންޑީއެފް ކޯސްޓްގާޑް ޝިޕް ހުރަވީ އަދި އެމްއެންޑީއެފް ކޯސްޓްގާޑް ޝިޕް ޢާޒީގެ ސިފައިންނެވެ.