އެމްއެންޑީއެފް ކުރަނގި ހެލިކޮޕްޓަރުގައި ހާލު ބޮޑު ބަލި މީހަކު މާލެ ގެނެސްދީފި
04 އޮކްޓޯބަރ 2017 07:28

އެމްއެންޑީއެފް ކުރަނގި ހެލިކޮޕްޓަރުގައި ހާލު ބޮޑު ބަލި މީހަކު މާލެ ގެނެސްދީފިއެވެ.

ދ.އަތޮޅު ހޮސްޕިޓަލުގައި ފަރުވާ ހޯދަމުންދިޔަ އުމުރުން ދުވަސްވީ މީހަކު މާލެ ގެނެސްދީފައި ވަނީ އިތުރު ފަރުވާއަށް މާލެ ގެންދިއުމަށް ޑޮކްޓަރު ލަފާ ދެއްވުމާ ގުޅިގެންނެވެ.

ދ.ކުޑަހުވަދޫއިން މިއަދު ހަވީރު 16:00 ހާއިރު މާލެ ގެނެސްދީފައި ވަނީ އުމުރުން 82 އަހަރުގެ އަންހެނެކެވެ.

އެމްއެންޑީއެފް ކުރަނގި ހެލިކޮޕްޓަރުގައި މާލެ ގެނައި މި ބަލިމީހާ މިހާރު ވަނީ އައިޖީއެމް ހޮސްޕިޓަލަށް ގެންގޮސް އިތުރު ފަރުވާދޭން ފަށާފައެވެ.