ގއ.ގެމަނަފުށީގައި ހިންގި ވޮލަންޓިޔަރ ފަޔަރ ފައިޓިންގ ޕްރޮގްރާމް ނިންމާލައިފި
07 އޮކްޓޯބަރ 2017 08:28

ގއ.ގެމަނަފުށީގައި ވޮލަންޓިޔަރ ފަޔަރ ފައިޓަރުން އުފެއްދުމުގެ މަޤްޞަދުގައި އެމްއެންޑީއެފް ސަދަން އޭރިއާއިން ހިންގި ވޮލަންޓިޔަރ ފަޔަރ ފައިޓިންގ ޕްރޮގްރާމް ނިންމާލައިފިއެވެ.

މިދިޔަ ސެޕްޓެމްބަރ މަހުގެ 28 ވަނަ ދުވަހުން ފެށިގެން މިމަހުގެ 5 ވަނަ ދުވަހުގެ ނިޔަލަށް، ގެމަނަފުށީގައި ހިންގި މި ޕްރޮގްރާމްގައި 12 ބައިވެރިއަކު ބައިވެރިވެ  ޕްރޮގްރާމް ވަނީ ފުރިހަމަކޮށްފައެވެ.

މި ޕްރޮގުރާމްގައި ކިޔަވައި ދެވުނު ބައިތަކުގެ ތެރޭގައި، އަލިފާން ރޯވުމަށް ދިމާވާ ސަބަބުތަކާއި، އަލިފާން ނިއްވާނޭގޮތްކާއި، އަލިފާން ނިއްވުމަށް ބޭނުންކުރާ ބައެއް އާލާތްތަކާބެހޭ ގޮތުން މަޢުލޫމާތު ފޯރުކޮށްދީ އަދި އެތަކެތި ބޭނުންކުރާނެ ގޮތްތައްވަނީ އަމަލީގޮތުން ދަސްކޮށްދެވިފައެވެ.

އެމްއެންޑީއެފް ސަދަން އޭރިއާގެ މުދައްރިބުން ކިޔަވައިދެއްވި މި ޕްރޮގުރާމު ހިންގުމުގައި މޯލްޑިވްސް ރެޑްކްރެސެންޓާއި ގެމަނަފުށީގެ ރަށު ކަައުންސިލް އޮފީހުންނާއި އާންމު ރައްޔިތުންގެ ފަރާތުން ވަރަށް ބޮޑު އެއްބާރުލުމަކާއި އެހީތެރިކަމެއް އެމްއެންޑީއެފް ސަދަން އޭރިއާއަށް ވަނީ ލިބިފައެވެ.

މިރަސްމިއްޔާތަށްފަހު މޯލްޑިވްސް ރެޑް ކްރެސެންޓުގެ ފަރާތުން އެމްއެންޑީއެފްއަށް ވަނީ ފަސްޓް އެއިޑް ކިޓެއް ހަދިޔާކޮށްފައެވެ.