އެމްޓީސީސީގެ މުވައްޒަފުންނަށް ހިންގި ލީޑަރޝިޕް ޕްރޮގްރާމް ނިންމާލައިފި
07 އޮކްޓޯބަރ 2017 12:28

އެމްއެންޑީއެފް މާލެ އޭރިއާގެ ފަރާތުން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) ގެ މުވައްޒަފުންނަށް ހިންގި “ލީޑަރޝިޕް އެންހޭންސްމަންޓް ވިތު އެމްއެންޑީއެފް” ޕްރޮގްރާމް ނިންމާލައިފިއެވެ.

މިމަހުގެ 05 ން 07 އަށް ގިރިފުށީގައި ކުރިއަށްގެންދެވުނު ޕްރޮގްރާމް ނިންމުމުގެ ގޮތުން މިއަދު ގިރިފުށީގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ އެމްއެންޑީއެފް މާލޭ އޭރިއާގެ ޑެޕިއުޓީ ކޮމާންޑަރ މޭޖަރ އިސްމާއީލް ފަރުވީނެވެ.

މި ޕްރޮގްރާމުގައި، ލީޑަރޝިޕްގެ ޢަމަލީ ހުނަރު އަށަގެންނެވުމުގެ ކުލާސްތަކާއި ޞިއްޙީ ފުރަތަމަ އެހީއާއި ސުވިމިންގ އަދި ރެސްކިއު ސުވިމިންގ އާއި ފިޒިކަލް ޓްރޭނިންގގެ ބައިތަކުގެ އިތުރުން ފޯރުކޮށްދޭ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅު ކުރުމަށް މަސައްކަތްކުރާނެ ގޮތާއި ޚިދުމަތް ތަރައްޤީ ކުރާނެގޮތް އުނގަންނައިދިނުމުގެ ކުލާސްތައް ކުރިއަށްގެންގޮސްފައިވެއެވެ.

މި ޕްރޮގްރާމްގައި އެމްޓީސީސީގެ 28 މުވައްޒަފުން ބައިވެރިވެފައިވާއިރު ލެކްޗަރާއިންގެ ގޮތުގައި އާއި މުދައްރިބުންގެ ގޮތުގައި ހަރަކާތްތެރިވެފައިވަނީ އެމްއެންޑީއެފް މާލޭ އޭރިއާގެ މުދައްރިބުންނާއި، އެމްއެންޑީއެފް އެކި ދާއިރާތަކުގައި މަސައްކަތްކުރައްވާ ސިފައިންނެވެ.