އެމްއެންޑީއެފް ކުރަނގި ހެލިކޮޕްޓަރުގައި ހާލު ބޮޑު ތުއްތު ކުއްޖަކު މާލެ ގެނެސްދީފި
11 އޮކްޓޯބަރ 2017 18:36

އެމްއެންޑީއެފް ކުރަނގި ހެލިކޮޕްޓަރުގައި ހާލު ބޮޑު ތުއްތު ކުއްޖަކު މިއަދު މާލެ ގެނެސް ދީފިއެވެ.

މިއަދު ހަވީރު 17:40 ހާއިރު އެމްއެންޑީއެފް ކުރަނގި ހެލިކޮޕްޓަރުގައި މާލެ ގެނެސްފައިވަނީ އުމުރުން 2 ދުވަހުގެ ތުއްތު ކުއްޖެކެވެ. މި ތުއްތުކުއްޖާ މާލެ ގެނެސްދީފައިވަނީ ގދ.ތިނަދޫ ޑރ. އަބްދުއް ސަމަދު މެމޯރިއަލް ހޮސްޕިޓަލްގެ ޑޮކްޓަރުން ލަފާ ދެއްވުމާއި ގުޅިގެން އިތުރު ފަރުވާ އަށެވެ.

މީގެ އިތުރުން އެމްއެންޑީއެފް ކުރަނގި ހެލިކޮޕްޓަރުގައި މިއަދު ހެނދުނު ހާލު ބޮޑު ބަލި މީހަކު ވަނީ ލ.ގަން ރީޖަނަލް ހޮސްޕިޓަލަށް ގެންދެވިފައެވެ. ތ. ދިޔަމިގިލިން މިއަދު ހެނދުނު 08:50 ހާއިރު ލ.ގަން ރީޖަނަލް ހޮސްޕިޓަލަށް ގެންދެވިފައިވަނީ އުމުރުން 26 އަހަރުގެ އަންހެނެކެވެ. މި ބަލި މީހާ ލ.ގަން ރީޖަނަލް ހޮސްޕިޓަލަށް ގެންދެވިފައިވަނީ އިތުރު ފަރުވާއަށް، ޑޮކްޓަރުން ލަފާ ދެއްވުމާ ގުޅިގެންނެވެ.