އެމްއެންޑީއެފް އެފްއާރުއެސްއިން މާފަންނު މަދަރުސާގައި ފަޔަރ އިވެކުއޭޝަން ޑްރިލްއެއް ބާއްވައިފި
11 އޮކްޓޯބަރ 2017 23:05

އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސްއިން މާފަންނު މަދަރުސާގައި ފަޔަރ އިވެކުއޭޝަން ޑްރިލްއެއް ބާއްވައިފިއެވެ.

މިއަދު މާފަންނު މަދަރުސާގައި ބޭއްވި ފަޔަރ އިވެކުއޭޝަން ޑްރިލްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިނަމަ ޢަމަލު ކުރާނެ ގޮތްތައް ވަނީ ފަރިތަކޮށްފައެވެ. މީގެ އިތުރުން އަލިފާނުގެ ހާދިސާއެއް ހިނގާ ވަގުތު ސްކޫލުގައި ތިބޭ ދަރިވަރުންނާއި އެހެނިހެން މުވައްޒަފުން ސަލާމަތްތެރި ސަރަޙައްދަކަށް ގެންދާނެ ގޮތްތަކުގެ އިތުރުން އަލިފާނުގެ ހާދިސާގައި އަނިޔާ ލިބޭ ފަރާތްތަކަށް ފުރަތަމަ އެހީ ދޭނެ ގޮތްތައް ވަނީ ފަރިތަކޮށްފައެވެ.

މި ފަޔަރ އިވެކުއޭޝަން ޑްރިލް ކުރިއަށް ގެންގޮސްފައިވަނީ ދެ ދަންފަޅިއަކަށް ބަހާލައިގެންނެވެ. މި ޑްރިލްގައި އެ ސްކޫލުގައި ކިޔަވާ ދަރިވަރުންވެސް ބައިވެރިވެކޮށްފައިވެއެވެ.