އައްޑޫ އިންޓަރނޭޝަނަލް އެއާޕޯރޓުގައި ބޭއްވި އެއަރޕޯރޓް އިމަރޖެންސީ އެކްސަސައިޒްގައި އެމްއެންޑީއެފް ސަދަން އޭރިއާގެ ސިފައިން ބައިވެރިވެއްޖެ
12 އޮކްޓޯބަރ 2017 13:55

އައްޑޫ އިންޓަރނޭޝަނަލް އެއާޕޯރޓުގައި ބޭއްވި އެއަރޕޯރޓް އިމަރޖެންސީ އެކްސަސައިޒްގައި އެމްއެންޑީއެފް ސަދަން އޭރިއާގެ ސިފައިން މިއަދު ބައިވެރިވެއްޖެއެވެ.

މިއަދު ހެނދުނު ކުރިއަށްގެންދިޔަ މި އެކްސަސައިޒަކީ، އައްޑޫ އިންޓަރނޭޝަނަލް އެއަރޕޯޓްގައި އެއަރކްރާފްޓް އެކްސިޑެންޓެއް ކުރިމަތިވެއްޖެ ހާލަތެއްގައި ހަރަކާތްެރިވާނެ ގޮތްތައް ފަރިތަކުރުމުގެ ގޮތުން ހިންގާފައިވާ އެކްސަސައިޒެކެވެ.

މި އެކްސަސައިޒްގައި އެމްއެންޑީއެފް ސަދަން އޭރިއާގެ ސިފައިންގެ އިތުރުން ކަމާއި ގުޅުންހުރި ގިނަ މުއައްސަސާތަކަކުން ވަނީ ބައިވެރިވެފައެވެ.