ޑިންގީއެއް ގެއްލިގެން އެމްއެންޑީއެފް ކޯސްޓްގާޑުން ހަރަކާތްތެރިވާން ފަށައިފި
12 އޮކްޓޯބަރ 2017 06:21

ޑިންގީއެއް ގެއްލިގެން އެމްއެންޑީއެފް ނޮދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަން އިން މިއަދު ހަރަކާތްތެރިވާން ފަށައިފިއެވެ.

ޅ. ހިންނަވަރުން ނ.މިލަދޫ އަށް 3 މީހުންނާއި އެކު ދަތުރުކުރަމުން ދިޔަ 18 ފޫޓުގެ ޑިންގީގެ ހަބަރެއް ނުވެގެން އުޅޭކަމުގެ ރިޕޯރޓް އެމްއެންޑީއެފް ކޯސްޓްގާޑުގެ މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރ (އެމްއާރުސީސީ) އަށް ލިބިފައިވަނީ މިއަދު 11:17 ހާއިރު އެވެ.

މި ޑިންގީގެ ހަބަރެއް ވޭތޯ ބެލުމުގެ ގޮތުން އެމްއެންޑީއެފް ނޮދަން އޭރިއާ ކޯސްޓްގާޑް ހާބަރ ކްރާފްޓް 116 ވަނީ އެސަރަހައްދު ބެލުމުގެ މަސައްކަތް ފަށާފައެވެ. މިގޮތުން ކަނޑުގެ އޮއެވަރަށް ބަލާފަ ޅ. އަތޮޅާއި ނ. އަތޮޅާއި ދޭތެރޭގަ ސަރަހައްދު ބެލުމުގެ މަސައްކަތްދަނީ ކުރަމުންނެވެ. މީގެ އިތުރުން އެމްއާރުސީސީ އިން ދަނީ ކައިރި ރަށްތަކަށް ގުޅައިގެން މި ޑިންގީގެ ޚަބަރެއްވޭތޯ ބަލަމުންނެވެ.

މި ޑިންގީއާއި ބެހޭ މަޢުލޫމާތެއް ލިބިއްޖެނަމަ ލަސްނުކުރައްވާ ކޯސްޓްގާޑްގެ ހިލޭ ގުޅޭނަމްބަރު 191 އަށް ގުޅުއްވައި ދެއްވުން އެދެމެވެ.

.