އެމްއެންޑީއެފް ކުރަނގި ހެލިކޮޕްޓަރުގައި ހާލު ބޮޑު ބަލިމީހަކު މާލެ ގެނެސްދީފި
12 އޮކްޓޯބަރ 2017 06:24

އެމްއެންޑީއެފް ކުރަންގި ހެލިކޮޕްޓަރުގައި ހާލު ބޮޑު އުމުރުން ދުވަސްވީ އަންހެނަކު މިއަދު މާލެ ގެނެސްދީފިއެވެ.

ށ. ފުނަދޫއިން އެމްއެންޑީއެފް ކުރަނގި ހެލިކޮޕްޓަރުގައި މިއަދު 14:50 ހާއިރު މާލެ ގެނެސްފައިވަނީ އުމުރުން 76 އަހަރުގެ އަންހެނެކެވެ.

މި އަންހެން މީހާ މާލެ ގެނެސްފައިވަނީ ށ.އަތޮޅު ހޮސްޕިޓަލްގެ ޑޮކްޓަރުން ލަފާ ދެއްވުމާއި ގުޅިގެން އިތުރު ފަރުވާއަށެވެ.

މި ބަލި މީހާ މިހާރުވަނީ އައިޖީއެމް ހޮސްޕިޓަލަށް ގެންގޮސް އިތުރުފަރުވާ ދޭންފަށާފައެވެ.