ޚަބަރެއްނުވެގެން ހޯދަމުންދިޔަ ޑިންގީ ފެނިއްޖެ
12 އޮކްޓޯބަރ 2017 10:21

ޚަބަރެއްނުވެގެން އެމްއެންޑީއެފް ކޯސްޓްގާޑް އިން ހޯދަމުންދިޔަ ޑިންގީ ފެނިއްޖެއެވެ.

ތިން މީހުނާއެކު ޅ. ހިންނަވަރުން ފުރައިގެން ނ.މިލަދުއަށް ދަތުރުކުރި މި ޑިންގީ ފެނިފައިވަނީ ޑިންގީ ހޯދުމުގެ މަސައްކަތުގައި ހަރަކާތްތެރިވަމުންދިޔަ އެމްއެންޑީއެފް ނޮދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންގެ ހާބަރ ކްރާފްޓް 116 ލޯންޗަށް މިއަދު ހަަވީރު 17:30 ހާއިރު ނ.މަނަދޫގެ އިރުން 24 ނޯޓިކަލް މޭލު ބޭރުންނެވެ.

ޑިންގީ ފެނުނުއިރު ޑިންގީއިން ދަތުރުކުރި ތިން މީހުންގެ ހާލުވެސް ރަނގަޅެވެ. މިޑިންގީގެ ޚަބަރެއް ނުވީ އައި ކޮޅިގަނޑެއްގައި މިސްރާބު އޮޅި އިންޖީނުން ޕެޓްރޯލް ހުސްވެ އޮޔާ ދިއުމުންކަމަށް ޑިންގީއިން ދަތުރުކުރި މީހުން އެމްއެންޑީއެފް ކޯސްޓްގާޑަށް މަޢުލޫމާތުދެއެވެ.

މިޑިންގީ ހޯދުމުގެ މަސައްކަތުގައި އެމްއެންޑީއެފް ކޯސްޓްގާޑް ފާސްޓް އިންޓަސެޕްޓް ކްރާފްޓް "ވެލާނާ" ވަނީ ޑިންގީ ދަތުރުކުރި ސަރަހައްދުގައި ހަރަކާތްތެރިވެފައެވެ.

މި ޑީންގީ ނ.މަނަދުއަށް ގެންދިއުމުގައި އެމްއެންޑީއެފް ނޮދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންއިން އަންނަނީ އެހީތެރިކަންފޯރުކޮށްދެމުންނެވެ.