ކޮލެޖް އޮފް ޑިފެންސް އެންޑް ސެކިއުރިޓީ ސްޓަޑީސްގެ ދަސްވެނިވުން ބާއްވައިފި
05 ނޮވެމްބަރ 2017 13:26

އެމްއެންޑީއެފް ކޮލެޖް އޮފް ޑިފެންސް އެންޑް ސެކިއުރިޓީ ސްޓަޑީސްގެ ދަސްވެނިވުން 2017 ބާއްވައިފިއެވެ.

ކަޅުތުއްކަލާކޮށީގައި މިރޭ ބޭއްވި މި ދަސްވެނިވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ އޮނަރަބަލް އާދަމް ޝަރީފް ޢުމަރެވެ. މިރަސްމިއްޔާތުގައި ޑިފެންސް މިނިސްޓަރު ވަނީ ވާހަކަފުޅު ދައްކަވާފައެވެ.

ކޮލެޖް އޮފް ޑިފެންސް އެންޑް ސެކިއުރިޓީ ސްޓަޑީސްއިން ހިންގާފައިވާ ކޯސްތަކުގެ ތެރެއިން ޑިޕްލޮމާ އިން މިލިޓަރީ ސްޓަޑީސް ކޯސް ފުރިހަމަކުރައްވާފައިވަނީ 10 ބޭކަލުންނެވެ. މި 10 ބޭކަލުންނަކީ އެމްއެންޑީއެފް ސާޖަންޓް މޭޖަރ، ކޮމާންޑް ސާޖަންޓް މޭޖަރ އަޙްމަދު ޢަބްދުﷲ، ކޮމާންޑް ސާޖަންޓް މޭޖަރ ޢަބްދުﷲ ސަޢީދު، ސާޖަންޓް މޭޖަރ އިބްރާހީމް ލަތީފް، ކޮމާންޑް ސާޖަންޓް މޭޖަރ އާޒާދު ރުޝްދީ، ވޮރަންޓް އޮފިސަރ 3 އިބްރާހީމް ރަޝާދު، ސާޖަންޓް މޭޖަރ އަޙްމަދު ޝަހީރު، ވޮރަންޓް އޮފިސަރ 4 ޢަބްދުﷲ ޖާވިދު، ކޮމާންޑް ސާޖަންޓް މޭޖަރ އަދުނާން ޢަލީ އަދި ޝަރަފުވެރި ކަމާއިއެކު ސިފައިންގެ ޚިދުމަތުން ރިޓަޔަރ ކުރައްވާފައިވާ އަލްފާޟިލް ޖައުފަރު ޢަބްދުއް ރަޙުމާނެވެ.

ޑިޕްލޮމާ އިން ޑިފެންސް މެނޭޖްމަންޓް ކޯސް ފުރިހަމަކުރައްވާފައިވަނީ ސިފައިންގެ ހަ ބޭކަލަކާއި އެއް އަންހެން ސިފައިންގެ ބޭކަނބަލެކެވެ. މި ހަތް  ސިފައިންނަކީ ފަސްޓް ލެފްޓިނެންޓް ޢަބްދުﷲ ޝަހީން، ފަސްޓް ލެފްޓިނެންޓް އިބްރާހީމް ނަދީމް އަޙްމަދު، ފަސްޓް ލެފްޓިނެންޓް ޙުސެއިން ޢަލީ، ފަސްޓް ލެފްޓިނެންޓް އަޙްމަދު ޙަނީފް، ފަސްޓް ލެފްޓިނެންޓް މުޙައްމަދު ނާސިރު އަޙްމަދު، ފަސްޓް ލެފްޓިނެންޓް ހަނާ މުޙައްމަދު، ފަސްޓް ލެފްޓިނެންޓް އަޙްމަދު އިރުފާނެވެ.

ޕޯސްޓް ގްރެޖުއޭޓް ޑިޕްލޮމާ އިން ޑިފެންސް މެނޭޖްމަންޓް ކޯސް ފުރިހަމަކުރައްވާފައިވަނީ ހަ ބޭކަލުންނެވެ. އެ ހަ ބޭކަލުންނަކީ ފަސްޓް ލެފްޓިނެންޓް ޙަސަން ދީދީ، ފަސްޓް ލެފްޓިނެންޓް އަލީ ޝިފާޒް، ފަސްޓް ލެފްޓިނެންޓް ޙުސެއިން ޝާހިދު، ކެޕްޓަން މުޙައްމަދު ޝިފާއު، ފަސްޓް ލެފްޓިނެންޓް އަޙްމަދު ޝުހެއިލް، ފަސްޓް ލެފްޓިނެންޓް އިސްމާޢީލް ތަލްހަތު ސާދިޤެވެ.

މި ރަސްމިއްޔާތުގައި ކޯސްތަކުން ވަނަވަނައަށް ހޮވުނު ބޭކަލުންނަށް އިނާމު ހަވާލުކޮށްދެއްވީ މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ އޮނަރަބަލް އާދަމް ޝަރީފް ޢުމަރެވެ. ޑިޕްލޮމާ އިން މިލިޓަރީ ސްޓަޑީސް ކޯހުން އެންމެ ރަނގަޅު ނަތީޖާއެއް ޙާސިލްކޮށްފައިވާނީ އެމްއެންޑީއެފް ސާޖަންޓް މޭޖަރ، ކޮމާންޑް ސާޖަންޓް މޭޖަރ އަޙްމަދު އަބްދުﷲ، ޑިޕްލޮމާ އިން ޑިފެންސް މެނޭޖްމަންޓް ކޯހުން އެންމެ ރަނގަޅު ނަތީޖާއެއް ޙާސިލްކޮށްފައި ވަނީ ފަސްޓް ލެފްޓިނެންޓް އަބްދުﷲ ޝަހީން، ޕޯސްޓްގްރެޖުއޭޓް ޑިޕްލޮމާ އިން ޑިފެންސް މެނޭޖްމަންޓް ކޯހުން އެންމެ ރަނގަޅު ނަތީޖާއެއް ޙާސިލްކޮށްފައިވަނީ ފަސްޓް ލެފްޓިނެންޓް ޙަސަން ދީދީ، ޑިޕްލޮމާ އިން މިލިޓަރީ ސްޓަޑީސް ޕްރޮގްރާމްގައި އެންމެ ފާހަގަކޮށްލެވޭ ރިސާރޗް ޕްރޮޖެކްޓްއެއް ތައްޔާރުކޮށް އިނާމް ޙާސިލްކުރައްވާފައިވަނީ ކޮމާންޑް ސާޖަންޓް މޭޖަރ ޢަބްދުﷲ ސަޢީދާއި އަލްފާޟިލް ޖައުފަރު ޢަބްދުއް ރަހުމާނެވެ.

ޕޯސްޓް ގްރެޖުއޭޓް ޑިޕްލޮމާ އިން ޑިފެންސް މެނޭޖްމަންޓް ކޯހުގެ އެންމެ ރަނގަޅު ޑެސަރޓޭޝަން އެއް ހުށަހަޅައިގެން އިނާމް ޙާސިލްކޮށްފައިވަނީ ފަސްޓް ލެފްޓިނެންޓް ޙުސެއިން ޝާހިދެވެ.

މި ރަސްމިއްޔާތުގައި ދަސްވެނީންނަށް ލިޔުން ޙަވާލުކޮށްދެއްވައި، ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަޙްމަދު ޝިޔާމް ވަނީ ވާހަކަފުޅުދައްކަވާފައެވެ.

މިރަސްމިއްޔާތު ނިމިގެންދިޔައީ ސިފައިންގެ ލަވައިންނާއި ދުވަހާއި ގުޅޭ ޚާއްޞަ ދުއާއެއް ކުރުމަށް ފަހުއެވެ.

ކޮލެޖް އޮފް ޑިފެންސް އެންޑް ސެކިއުރިޓީ ސްޓަޑީސްގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ އޮނަރަބަލް އާދަމް ޝަރީފް ޢުމަރާއި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަޙްމަދު ޝިޔާމާއި ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް އަޙްމަދު ޝާހިދުގެ އިތުރުން، ކޮލެޖް އޮފް ޑިފެންސް އެންޑް ސެކިއުރިޓީ ސްޓަޑީޒްގެ ކޮމާންޑަރ ބްރިގޭޑިއަރ ޖެނެރަލް ވައިސް ވަހީދާއި ޖެނެރަލް އޮފިސަރުންނާއި ޔުނިޓްތަކުގެ ކޮމާންޑަރުންނާއި އެހެނިހެން ރޭންކުތަކުގެ އޮފިސަރުންނާއި، ގިނަ ޢަދަދެއްގެ ސިފައިނާއި ދަސްވެނިންގެ ޢާއިލާތަކުގެ ބޭފުޅުން ވަނީ ބައިވެރިވެލައްވާފައެވެ.