ވެލާނާ ބިލްޑިންގގެ އަށްވަނަ ފަންގިފިލާގައި ރޯވި އަލިފާން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ނިއްވާލައިފި
08 ނޮވެމްބަރ 2017 23:58

ވެލާނާ ބިލްޑިންގގެ އަށްވަނަ ފަންގިފިލާގައި ހުރި ކަރުދާސްތަކެއްގައި ރޯވި އަލިފާން، އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ނިއްވާލައިފިއެވެ.

މިހާދިސާގެ ރިޕޯޓް މިރޭ 22:30 ހާއިރު އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއަށް ލިބުމާ ގުޅިގެން، ސިފައިންގެ ފަޔަރމަނުން ވަނީ އެސަރަޙައްދަށް ގޮސްފައެވެ. އަދި، ވެލާނާ ބިލްޑިންގގެ އަށްވަނަ ފަންގިފިލާގައި ހުރި ކަރުދާސްތަކެއްގައި ރޯވެފައިވާ އަލިފާން ވަނީ ނިއްވާލާފައެވެ.

މިހާދިސާގައި، ވެނާލާ ބިލްޑިންގގެ ސެކިޔުރިޓީ ގާޑަކަށް ދުމުގެ އަސަރު ކޮށްގެން، ވަނީ އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސްފައެވެ. ހާދިސާއާ ގުޅިގެން އިތުރު މީހަކަށް އަދި އިމާރާތަށް ވެސް ގެއްލުމެއް ލިބިފައެއް ނުވެއެވެ. މިހާދިސާ ހިނގަން މެދުވެރިވީ ސަބަބު މޯލްޑިވްސް ޕޮލިސް ސަރވިސްއިން ދަނީ ތަހުޤީޤު ކުރަމުންނެވެ.