ޚަބަރެއް ނުގެން ހޯދި "ނިޔަވާލި" ދޯނީގެ ޚަބަރެއް ވެއްޖެ
09 ނޮވެމްބަރ 2017 23:01

މި ދޯނީގެ ޚަބަރެއްވީ މިރޭ 23:29 ހާއިރުކަމަށް ދޯނީގެ ވެރިފަރާތުން އެމްއެންޑީއެފް ކޯސްޓްގާޑަށް މަޢުލޫމާތު ދީފައިވެއެވެ. އަދި މި ދޯނި މިހާރު އޮތީ ރ.އަތޮޅުގެ 7 މޭލު ބޭރުގައިކަމަށްވެސް މަޢުލޫމާތު ލިބެއެވެ. ދޯނީގެ ވެރިފަރާތުން މަޢުލޫމާތު ދިން ގޮތުގައި ދޯންޏާއި ނުގުޅުނީ ފޯނުގެ ރޭންޖު ނުލިބޭ ސަރަޙައްދެއްގައި އޮތުމުންނެވެ. މި ދޯނިން ދަތުރުކުރި އެންމެންގެ ހާލުވެސް ރަނގަޅެވެ.

...............................................................................................................................

މަސްވެރިކަމަށް ނުކުމެ އުޅުނު "ނިޔަވާލި" ނަމަކަށް ކިޔާ ދޯންޏެއްގެ ޚަބަރެއް ނުވެގެން އެމްއެންޑީއެފް ކޯސްޓްގާޑުން ހަރަކާތްތެރިވާން ފަށައިފިއެވެ.

މި ދޯނީގެ ޚަބަރެއް އެންމެ ފަހުންވެފައިވަނީ މިމަހު 08 ވީ ބުދަ ދުވަހުގެ 19:22 ހާއިރު ކަމަށް ދޯނީގެ ވެރިފަރާތުން އެމްއެންޑީއެފް ކޯސްޓްގާޑަށް މަޢުލޫމާތު ދީފައިވެއެވެ. މި ދޯންޏަކީ ދިގުމިނުގައި 85 ފޫޓު ހުރި، ބޭރުގައި ނޫކުލައިގެ ދަވާދު ލާފައިވާ އަދި ގެގަނޑުގައި ކަޅުކުލައާއި ހުދު ކުލަ ލާފައިވާ ދޯންޏެއްކަމަށް މަޢުލޫމާތު ލިބިފައިވެއެވެ. އަދި މި ދޯނީގައި 18 މީހުން ތިބިކަމަށް މަޢުލޫމާތު ލިބިފައިވެއެވެ. އޭގެތެރޭގައި ހިމެނެނީ 16 ދިވެހިންނާއި ދެ ބިދޭސީންނެވެ.

މި އުޅަނދާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިއްޖެ ނަމަ ލަސްނުކުރައްވާ ކޯސްޓްގާޑުގެ ހިލޭ ގުޅޭ ނަންބަރު 191 އަށް ގުޅުއްވުން އެދެމެވެ.