އެމްއެންޑީއެފް ކުރަނގި ހެލިކޮޕްޓަރުގައި ހާލުބޮޑު ބަލިމީހަކު މާލެ ގެނެސްދީފި
12 ނޮވެމްބަރ 2017 01:26

އެމްއެންޑީއެފް ކުރަނގި ހެލިކޮޕްޓަރުގައި ހާލުބޮޑު ދުވަސްވީ އަންހެނަކު މިރޭ މާލެ ގެނެސްދީފިއެވެ.

ޏ.ފުވައްމުލަކުން އެމްއެންޑީއެފް ކުރަނގި ހެލިކޮޕްޓަރުގައި މިރޭ 01:18 ހާއިރު މާލެ ގެނެސްފައިވަނީ އުމުރުން 77 އަހަރުގެ އަންހެނެކެވެ.

މި އަންހެން މީހާ މާލެ ގެނެސްފައިވަނީ ޑރ.އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގެ ޑޮކްޓަރުން ލަފާ ދެއްވުމާއި ގުޅިގެން އިތުރު ފަރުވާއަށެވެ.

މި ބަލި މީހާ މިހާރުވަނީ އައިޖީއެމް ހޮސްޕިޓަލަށް ގެންގޮސް އިތުރު ފަރުވާ ދޭންފަށާފައެވެ.