ޝަހީދު ކޯޕްރަލް ޙުސައިން އާދަމްގެ އާއިލާއަށް އެމްއެންޑީއެފް ޑްރިލް ވިންގުން ފޮޓޯއެއް ހަދިޔާކޮށްފި
18 ނޮވެމްބަރ 2017 08:12

ޝަހީދު ކޯޕްރަލް ޙުސައިން އާދަމްގެ އާއިލާއަށް އެމްއެންޑީއެފް ޑްރިލް ވިންގުގެ ފަރާތުން އެމްއެންޑީއެފް ޑްރިލް ސްކޮޑްގެ ފޮޓޯއެއް ހަދިޔާކޮށްފިއެވެ.

2 ފޫޓް 3 ފޫޓުގެ މި ފޮޓޯ ހަދިޔާކޮށްފައިވަނީ ކުޅުދުއްފުށީގައި މިއަދު ބޭއްވި އެމްއެންޑީއެފް ޑްރިލް ސްކޮޑްގެ ސައިލެންޓް ޑްރިލްގެ ދައްކާލުން ފެށުމުގެ ކުރިންނެވެ. ޝަހީދު ކޯޕްރަލް ޙުސައިން އާދަމްގެ އާއިލާގެ ފަރާތުން މި ފޮޓޯއާއި ހަވާލުވެލެއްވީ ބައްޕަ އާދަމް މުޙައްމަދާއި މަންމަ އައިޝަތު ޙަސަންއެވެ.

މި ފޮޓޯއަކީ 2015 ވަނަ އަހަރުގެ ނަޞްރުގެ ދުވަހުގެ މުނާޞަބަތުގައި އެމްއެންޑީއެފްއިން ކުޅުދުއްފުށީގައި ދައްކާލި މިއުޒިކަލް ޑްރިލް ޑިސްޕްލޭއަށް ފަހު ނަގާފައިވާ ހަނދާނީ ފޮޓޯއެކެވެ.