އެމްއެންޑީއެފް ކުރަނގި ހެލިކޮޕްޓަރުގައި ހާލުބޮޑު މީހަކު މާލެ ގެނެސްދީފި
30 ނޮވެމްބަރ 2017 11:17

ތ.ދިޔަމިގިލީ ގައި އޮތް ހާލުބޮޑު ބަލި މީހަކު އެމްއެންޑީއެފް ކުރަނގި ހެލިކޮޕްޓަރުގައި މާލެ ގެނެސްދީފި އެވެ.

މިއަދު ހަވީރު 1700 ހާއިރު މާލެ ގެނެސްދީފައި ވަނީ އުމުރުން 62 އަހަރުގެ ފިރިހެނެކެވެ. މި މީހާ ސިއްޙީ އަވަސް ފަރުވާއަށް މާލެ ގެނެސްފައި ވަނީ ތ.ދިޔަމިގިލީ ހެލްތު ސެންޓަރުން ބެއްލެވި ޑޮކްޓަރުން އެމީހާ، އިތުރު ފަރުވާއަށް މާލެ ގެންދިއުމަށް ލަފާދެއްވުމާ ގުޅިގެންނެވެ.

މިބަލިމީހާ ކުރަނގި ހެލިކޮޕްޓަރުގައި މާލެ ގެނެސް އައިޖީއެމް ހޮސްޕިޓަލަށް ވަނީ ގެންދެވިފައެވެ.