ރާއްޖެ ސަރަޙައްދުން އޮޔާދިޔަ ސްރީލަންކާގެ މަސްބޯޓު އެމްއެންޑީއެފް ނޮދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަން އިން ހޯދައިފި
23 ޑިސެމްބަރ 2017 11:07

ރާއްޖެ ސަރަޙައްދުން އޮޔާދިޔަ ސްރީލަންކާގެ މަސްބޯޓު އެމްއެންޑީއެފް ނޮދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަން އިން މިއަދު ހޯދައިފިއެވެ.

އޮޔާ ދިޔަ ސްރީލަންކާގެ މި މަސްބޯޓު ފެނިފައިވަނީ އެމްއެންޑީއެފް ނޮދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންގެ ފާސްޓް އިންޓަރސެޕްޓަރ ކްރާފްޓް "ފާމުލަދޭރި" މި ބޯޓު ހޯދުމަށް މަސައްކަތްކުރަމުން ދަނިކޮށް ނ.މަނަދޫ އިރުން 12 ނޯޓިކަލް މޭލު ބޭރުންނެވެ.

މި ބޯޓު ފެނުނު އިރު ބޯޓުގައި ސްރީލަންކާގެ 6 މީހުން ތިބިއިރު މި އެންމެންގެ ހާލުވެސް ރަނގަޅެވެ. އަދި މި ބޯޓުގައި ކާބޯތަކެއްޗާއި ފެން މަދުވުމާއި އެކު އެމްއެންޑީއެފް ނޮދަން އޭރިއާ ކޯސްޓްގާޑުން ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ.

މި ބޯޓާއި ބެހޭ އިދާރީ ކަންތައްތައް ހަމަޖެއްސުމުގައި ސަރުކާރުގެ ކަމާއި ގުޅުންހުރި އިދާރާތަކާއި ގުޅިގެން އެމްއެންޑީއެފް އިން ދަނީ މަސައްކަތްކުރަމުންނެވެ.