ސަފާރީ ބޯޓެއް ރ. މާކުރެތު ނެރު ކައިރީ ފަރަށް އަރައިގެން އެމްއެންޑީއެފް ނޮދަން އޭރިއާ ކޯސްޓްގާޑުން އެހީތެރިކަން ފޯރުކޮށްދޭންފަށައިފި
31 ޑިސެމްބަރ 2017 16:35

"އެޓޯލް ޖޭޑު" ނަމަކަށް ކިޔާ ސަފާރީ ބޯޓެއް ރ. މާކުރެތު ނެރު ކައިރީ ފަރަށް އަރައިގެން އެމްއެންޑީއެފް ނޮދަން އޭރިއާ ކޯސްޓްގާޑުން އެހީތެރިކަން ފޯރުކޮށްދޭން ފަށައިފިއެވެ.

މި ހާދިސާގެ މައުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑަށް ލިބިފައިވަނީ މިއަދު މެންދުރު 12:41 ހާއިރުއެވެ. މި ހާދިސާގެ ރިޕޯރޓް އެމްއެންޑީއެފް ނޮދަން އޭރިއާ ކޯސްޓްގާޑަށް ލިބުމާއި އެކު ޑައިވަރުންގެ ޓީމަކާއި އެކު އެމްއެންޑީއެފް ފާސްޓް އިންޓަރސެޕްޓަރ ކްރާފްޓް "ފާމުލަދޭރި" ވަނީ އެސަރަހައްދަށް ގޮސް އެހީތެރިކަން ފޯރުކޮށްދޭން ފަށާފައެވެ. މި ސަފާރީ ބޯޓު ފަރަށް އެރި އިރު ބޯޓުގައި ފަޅުވެރިންނާއި އެކު 37 މީހުން ތިބި އިރު، މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ. އަދި ބޯޓުގައި ތިބި މީހުން ވަނީ ރ. މާކުރެތަށް ބާލާފައެވެ.

މި ބޯޓު ފުންކުރުމުގެ މަސައްކަތް އެމްއެންޑީއެފް ނޮދަން އޭރިއާގެ ސިފައިން ބޯޓުގެ ވެރިފަރާތާއި ގުޅިގެން ދަނީ ކުރަމުންނެވެ.