ހާލުބޮޑު ބަލި މީހަކު އެމްއެންޑީއެފް ކުރަނގި ހެލިކޮޕްޓަރުގައި މާލެ ގެނެސްދީފި
09 ޖެނުއަރީ 2018 06:11

ލ.ގަމު ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާދެމުންދިޔަ ހާލުބޮޑު ބަލި މީހަކު އެމްއެންޑީއެފް ކުރަނގި ހެލިކޮޕްޓަރުގައި މިއަދު މާލެ ގެނެސްދީފި އެވެ.

މިއަދު ހަވީރު 16:15 ހާއިރު މާލެ ގެނެސްދީފައި ވަނީ އުމުރުން 71 އަހަރުގެ ފިރިހެނެކެވެ. މި މީހާ ސިއްޙީ އަވަސް ފަރުވާއަށް މާލެ ގެނެސްފައި ވަނީ ލ.ގަމު ރީޖަނަލް ހޮސްޕިޓަލުން ބެއްލެވި ޑޮކްޓަރުން އެމީހާ، އިތުރު ފަރުވާއަށް މާލެ ގެންދިއުމަށް ލަފާދެއްވުމާ ގުޅިގެންނެވެ.

މިބަލިމީހާ މިހާރު ވަނީ މާލެ ގެނެސް އައިޖީއެމް ހޮސްޕިޓަލަށް ގެންދެވިފައެވެ.