ބޭރުގެ މަސްބޯޓެއް ރާއްޖޭގެ އިޤްތިޞާދީ ސަރަޙައްދުން ފެނިގެން އެމްއެންޑީއެފް ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެނެސްފި
12 ޖެނުއަރީ 2018 00:21

ބޭރުގެ މަސްބޯޓެއް ރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ސަރަޙައްދުން ފެނިގެން އެމްއެންޑީއެފް ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ.

އެމްއެންޑީއެފް ކޯސްޓްގާޑް ޝިޕް ހުރަވީއަށް މި މަސް ބޯޓު ފެނިފައިވަނީ މިރޭ 22:50 ހާއިރު ރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ސަރަޙައްދުން ތ.ހިރިލަންދޫގެ ހުޅަނގުން 76.5 ނޯޓިކަލް މޭލު ބޭރުންނެވެ. މި ބޯޓުގައި ތައިލެންޑުގެ 10 ފަޅުވެރިން ތިއްބެވެ. "ޗޮޓްޕަޓައްނާ 55" ނަމަކަށް ކިޔާ މި ބޯޓުގައި ސޯމާލިއާ ދިދަައެއް ނަގާފައި ހުރި އިރު ބޯޓުގައި 200 ޓަނު މަސް ހުރި ކަމަށް ބޯޓުގެ ކެޕްޓަން އެމްއެންޑީއެފް ކޯސްޓްގާޑަށް މަޢުލޫމާތު ދީފައިވެއެވެ.

މިބޯޓް މާލެ ގެނައުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑުން މިހާރު ދަނީ ކުރަމުންނެވެ.


Video : 4th Indian Ocean Conference...