އދ. މާމިގިލިން ހާލުބޮޑު ބަލި މީހަކު އެމްއެންޑީއެފް ކުރަނގި ހެލިކޮޕްޓަރުގައި މާލެ ގެނެސްދީފި
25 ފެބްރުއަރީ 2018 23:59

އދ. މާމިގިލިން ހާލުބޮޑު ބަލި މީހަކު އެމްއެންޑީއެފް ކުރަނގި ހެލިކޮޕްޓަރުގައި ރޭ މާލެ ގެނެސްދީފިއެވެ.

ރޭ 1:00 ހާއިރު މާލެ ގެނެސްދީފައިވަނީ އުމުރުން 38 އަހަރުގެ އަންހެނެކެވެ. މި މީހާ ސިއްޙީ އަވަސް ފަރުވާއަށް މާލެ ގެނެސްފައިވަނީ މާމިގިލީ ހެލްތު ސެންޓަރުން ބެއްލެވި ޑޮކްޓަރުން އެމީހާ، އިތުރު ފަރުވާއަށް މާލެ ގެންދިއުމަށް ލަފާ ދެއްވުމާ ގުޅިގެންނެވެ.

މިހާރު މި ބަލިމީހާ ވަނީ މާލެ ގެނެސް އައިޖީއެމް ހޮސްޕިޓަލަށް ގެންދެވިފައެވެ.