ވިލިމާލޭގައި ހުރި ފަޅު އިމާރާތެއްގައި ރޯވި އަލިފާން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސް އިން ނިއްވާލައިފި
01 މާރޗް 2018 04:25

ވިލިމާލޭ ކުނި ކޮށި ކައިރީ ހުރި ފަޅު އިމާރާތެއްގައި ރޯވި އަލިފާން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސް އިން ނިއްވާލައިފިއެވެ.

މި ހާދިސާގެ ރިޕޯރޓް ލިބިފައިވަނީ މިރޭ ދަންވަރު 2:10 ހާއިރުއެވެ. އަދި ރިޕޯރޓް ލިބުމާއި އެކު އެމްއެންޑީއެފް ވިލިމާލެ ފަޔަރ ސްޓޭޝަންގެ ފަޔަރމަނުން ވަނީ ހަރަކާތްތެރިވާން ފަށާފައެވެ.

ވިލިމާލެ ފަޔަރ ސްޓޭޝަންގެ ސިފައިން ކުރި މަސައްކަތުން ފެން ޖަހައިގެން އަލިފާންގަނޑު އެއްކޮށް ކޮންޓްރޯލް ކޮށްފައިވަނީ މިރޭ 4:08 ހާއިރުއެވެ.

މިހާދިސާ އާއި ގުޅިގެން އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ. އަލިފާނުގެ ހާދިސާ ހިނގާފައިވާ މި އިމާރާތަކީ ހައުސިންގ މިނިސްޓްރީގެ ބެލުމުގެ ދަށުގައިވާ އިމާރާތެކެވެ. މި އިމާރާތް ވަނީ ބޭނުން ނުކުރެވޭވަރަށް އަނދާފައެވެ.

މިހާދިސާ މޯލްޑިވްސް ޕޮލިސް ސަރވިސްއިން ދަނީ ތަހުގީގްކުރަމުންނެވެ.