ދޯންޏެއް ފަރަށް އަރައިގެން އެމްއެންޑީއެފް ކޯސްޓްގާޑުން އެހީތެރިކަން ފޯރުކޮށްދޭން ފަށައިފި
10 މާރޗް 2018 20:54

ތިލަފުށިން ފުރައިގެން ސ.އަތޮޅުގައި ހަދަމުންދާ ރިސޯޓަކަށް މުދާ ހިފައިގެން ދަތުރުކުރި ދޯންޏެއް ފަރަށް އަރައިގެން އެމްއެންޑީއެފް މާލޭ އޭރިއާ ކޯސްޓްގާޑް ސްކޮޑްރަން އިން އެހީތެރިކަން ފޯރުކޮށްދޭން ފަަށައިފިއެވެ.

ކ. ވާގަލި ކައިރީ ގައި އޮންނަ މާދިއްގަރު ފަޅުގެ ހުޅަނގު ފަރާތައް އެރި މި ދޯންޏަކީ "ސިގްނަލް 3" ނަމަކައްކިޔާ 95 ފޫޓުގެ ދޯންޏެކެވެ.

ދިވެއްސަކާއި ތިން ބިދޭސީންނާއެކު ދަތުރުކުރި މިދޯނި ފަރަށް އެރިކަމުގެ މަޢުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑް މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރ (އެމްއާރުސީސީ) އަށް ލިބިފައިވަނީ ރޭ ފަތިހު 4:00 ހާއިރުއެވެ.

މި ދޯނި ފުންކުރުމުގެ މަސައްކަތުގައި ދޯނީގެ ވެރިފަރާތާއި ގުޅިގެން އެމްއެންޑީއެފް ކޯސްޓްގާޑުން އަންނަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ. މިހާދިސާގައި ދޯނިން ދަތުރުކުރި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ.