ހުޅުމީދޫގައި ހުންނަ ވެމްކޯ ސައިޓްގައި ރޯވި އަލިފާން އެމްއެންޑީއެފް ސަދަން އޭރިއާ އެފްއާރުއެސްއިން ނިއްވާލައިފި
10 އޭޕްރީލް 2018 07:14

އައްޑޫސީޓީ ހުޅުމީދޫގައި ހުންނަ ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން (ވެމްކޯ) ގެ ސައިޓްގައި ރޯވި އަލިފާން އެމްއެންޑީއެފް ސަދަން އޭރިއާ އެފްއާރުއެސްއިން ނިއްވާލައިފިއެވެ.

މިހާދިސާގެ މަޢުލޫމާތު މިއަދު 15:00 ހާއިރު އެމްއެންޑީއެފް ސަދަން އޭރިއާއަށް ލިބުމާއެކު ސ.ހިތަދޫ ފަޔަރ ސްޓޭޝަންގެ ފަޔަރމަނުންނާއި ސަދަން އޭރިއާގައި މަސައްކަތްކުރާ ސިފައިން ވަނީ އަލިފާން ނިވަން ބޭނުންކުރާ އާލާތްތަކާއެކު އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ފަށާފައެވެ.

ސިފައިންނާއި ފުލުހުން އަދި އާންމު ރައްޔިތުން ގުޅިގެން ކުރި މަސައްކަތުން އަލިފާންގަނޑު އެއްކޮށް ކޮންޓްރޯލް ކުރެވިފައިވަނީ މިއަދު ހަވީރު 17:00 ހާއިރުއެވެ.

މިހާދިސާގައި އެ ސައިޓުގައި ހުރި ބައެއް އިމާރާތްތަކަށާއި މެޝިނަރީޒްތަކަށް ބޮޑެތި ގެއްލުންތަކެއް ވެފައިވާއިރު އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ.