ސިފައިންގެ ޢާއިލީ ހަވީރު ކާމިޔާބުކަމާއެކު ނިންމާލައިފި
28 އޭޕްރީލް 2018 20:45

126 ވަނަ ސިފައިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ހިންގާ ހަރަކާތްތަކުގެ ތެރޭގައި ހިމެނޭ ސިފައިންގެ އާއިލީ ހަވީރު، ކާމިޔާބުކަމާއެކު މިއަދު ނިންމާލައިފިއެވެ.

ދެދުވަހުގެ މުއްދަތަށް ރަސްފަންނުގައި ކުރިއަށް ގެންދިޔަ މި ޢާއިލީ ހަވީރުގައި ތަފާތު ހަރަކާތްތައް ވަނީ ކުރިއަށް ގެންގޮސްފައެވެ.

މިގޮތުން ސިފައިން ބޭނުންކުރާ ބައެއް އެއްގަމު އުޅަނދުތަކާއި ސިފައިންގެ ޔުނީފޯމްތަކުގައި ފޮޓޯނެގުން ކުރިއަށް ގެންގޮސްފައިވާއިރު ކުޑަކުދިންނަށް ޚާއްޞަކޮށްފައިވާ ތަފާތު ކުޅިވަރުތަކާއި ސްޓޯލްތަކުގެ އިތުރުން ކުޑަކުދިންނާ ގުޅޭ އެހެނިހެން ހަރަކާތްތައް ވަނީ ކުރިއަށް ގެންގޮސްފައެވެ. އަދި ސިފައިންގެ މަސައްކަތުގެ ދާއިރާތަކާއި އުފެއްދުންތެރިކަން ދައްކުވައިދޭ ސްޓޯލްތައް މި ޢާއިލީ ހަވީރުގައި ކުރިއަށް ގެންގޮސްފައިވެއެވެ.

ދެ ދުވަހުގެ މުއްދަތަކަށް ކުރިއަށް ގެންދިޔަ މި އާއިލީ ހަވީރުގައި ގިނަ އަދަދެއްގެ ސިފައިންނާއި ސިފައިންގެ އާއިލާތަކުގެ މެންބަރުންގެ އިތުރުން ގިނަ އަދަދެއްގެ ކުޑަކުދިންނާއި އާންމު ރައްޔިތުން ވަނީ ބައިވެރިވެފައެވެ.