އައްޑޫ ސިޓީގައި ސިފައިންގެ އާއިލީ ހަވީރެއް ބާއްވާގޮތައް ހަމަޖެހިއްޖެ
07 މެއި 2018 20:52

126 ވަނަ ސިފައިންގެ ދުވަހާއި ގުޅުވައިގެން އެމްއެންޑީއެފް ސަދަން އޭރިއާ، އައްޑޫ ސިޓީގައި ސިފައިންގެ އާއިލީ ހަވީރެއް ބާއްވާގޮތައް ހަމަޖެހިއްޖެއެވެ.


މި އާއިލީ ހަވީރު ބޭއްވުމަށް ހަމަޖެހިފައިވަނީ އައްޑޫ ސިޓީ މަރަދޫ ކުޑަކުދިންގެ ޕާކުގައި މިމަހުގެ 11 އަދި 12 ވަނަ ދުވަހުގެ ހަވީރު 16:00 އިން 18:00 އަށެވެ.


މި އާއިލީ ހަވީރުގައި ކުޑަކުދިންނާއި ގުޅޭ ތަފާތު އެކި ކުޅިވަރުތަކާއި ސްޓޭޖް ހަރަކާތްތަކުގެ އިތުރުން ބައެއް އަސްކަރީ ސްޓޯލްތަކާއި ރެޕަލް ކުރުމާއި، ވޯލް ކްލައިންބިންގ، ޓްރެވާސް އަދި އޮބްސްޓިކަލް ރޭހާއި ފޭސް ޕެއިންޓް ކުރުމުގެ ފުރުޞަތު މި އާއިލީ ހަވީރުގައި ކުޑަކުދިންނަށް ލިބިގެންދާނެއެވެ. މީގެ އިތުރުން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސާރވިސްގެ ސްޓޯލަކާއި އެމްއެންޑީއެފް ކޯސްޓްގާޑްގެ ބައެއް އުޅަނދުތައް ދައްކާލުމާއި ނެވިގޭޝަން ޗާޓް ވޯކް ތަޖުރިބާކޮށްލުމުގެ ފުރުޞަތުވެސް މި އާއިލީ ހަވީރުގައި ލިބިގެންދާނެއެވެ. އަދި ރާއްޖޭގެ ސަޤާފީ ބައެއް ހަރަކާތްތައް ދައްކާލުމުގެ ގޮތުން ސަޤާފީ ސްޓޯލަކާއި މެޑިކަލް ސްޓޯލެއްގެ އިތުރުން އެއަރ ރައިފަލް ޝޫޓް ކުރުމުގެ ފުރުޞަތުވެސް އާއިލީ ހަވީރުގައި ލިބިގެންދާނެއެވެ.