ރާއްޖޭގެ ޚާއްޞަ އިގްތިސާދީ ސަރަހައްދު ބެލުމުގެ ސަވައިލަންސް އޮޕަރޭޝަނެއް ހިންގައިފި
15 މެއި 2018 12:35

އެމްއެންޑީއެފްގެ ކޯސްޓްގާޑާއި އިންޑިއާގެ ނޭވީ ސިފައިން ގުޅިގެން ކަނޑުމަގުން ރާއްޖޭގެ އިޤްތިސާދީ ސަރަހައްދުގައި ސަވައިލަންސް އޮޕަރޭޝަނެއް ހިންގައިފިއެވެ.

ދިވެހިރާއްޖޭގެ އީއީޒެޑް ސަރަޙައްދު ބެލެހެއްޓުމަށް ސިލްސިލާކޮށް ކުރިއަށްގެންދާ ސަވައިލެންސް އޮޕަރޭޝަން ކުރިއަށް ގެންގޮސްފައިވަނީ މިމަހުގެ 12 އިން 15 ވަނަ ދުވަހުގެ ނިޔަލަށެވެ. މި އޮޕަރޭޝަންގައި އިންޑިއާ ނޭވީގެ މަނަވަރާ އެކު އެމްއެންޑީއެފް ކޯސްޓްގާޑުގެ ޝިޕްތައް، ވަނީ ހަރަކާތްތެރިވެފައެވެ. ސަވައިލަންސް އެ އޮޕަރޭޝަންގައި ރާއްޖޭގެ ޚާއްޞަ އިޤްތިސާދީ ސަރަހައްދުގައި ޤާނޫނާއި ޤަވާޢިދާ ޚިލާފަށް ކަނޑުމަތީގެ އެއްވެސް ކަމެއް ހިނގަމުންދޭތޯ ބަލާފައިވެއެވެ.