މަސްވެރިކަން ކުރަން އުޅުނު ޒުވާނެއްގެ އަތަށް ބުޅިއެއް ހެރިގެން އެމްއެންޑީއެފް ނޮދަން އޭރިއާއިން އެހީތެރިކަން ފޯރުކޮށްދީފި
21 މެއި 2018 19:24

ހއ.ބާރަށު ކައިރީ ކަންނެލި މަސްވެރިކަން ކުރަން އުޅުނު ދޯންޏެއްގައި ހުރި ފަޅުވެރިއެއްގެ އަތަށް ބުޅި ހެރިގެން ސިއްޙީ އަވަސް ފަރުވާއަށް ހދ.ކުޅުދުއްޓަށް ގެންދިއުމުގައި އެމްއެންޑީއެފް ނޮދަން އޭރިއާއިން އެހީތެރިކަން ފޯރުކޮށްދީފިއެވެ.

މި ހާދިސާގެ މަޢުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑް މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރަށް މިއަދު ހަވީރު 05:40 ހާއިރު ލިބުމާއެކު އެމްއެންޑީއެފް ނޮދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންގެ ލޯންޗެއް ވަނީ ހަރަކާތްތެރިވާން ފަށާފައެވެ. މި ހާދިސާގައި އަނިޔާ ވެފައިވަނީ "ކުރަނގި" ދޯނީގައި ފަޅުވެރިއެއްގެ ގޮތުގައި މަސައްކަތްކުރާ މީހަކަށެވެ.

އަނިޔާވި މީހާ މިރޭ 19:10 ހާއިރު އެމްއެންޑީއެފް ނޮދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންގެ ލޯންޗެއްގައި ކުޅުދުއްފުއްޓަށް ވަނީ ގެންގޮސްދީފައެވެ.

ހއ. ބާރަށު ކައިރީ މަސްވެރިކަން ކުރަން އުޅުނު "ކުރަނގި" ދޯންޏަކީ ކ.ގާފަރަށް ނިސްބަތްވާ، ދިގުމިނުގައި 91 ފޫޓު ހުރި ދޯންޏެކެވެ. މި ހާދިސާ ހިނގި ދޯނީގައި 21 މީހުން ތިބި ކަމަށް ދޯނީގެ ފަރާތުން އެމްއެންޑީއެފް ކޯސްޓްގާޑަށް މަޢުލޫމާތު ދީފައިވެއެވެ.