މާލެ ދެކުނުފަރާތު ނެރުމައްޗައް އެރި ލޯންޗުގެ ބައެއް ސާމާނު އޮޔާ ދާތީ ސަމާލުކަން ދިނުމަށް އިލްޠިމާސްކުރަން
18 އޯގަސްޓް 2018 12:58

މާލެ ދެކުނުފަރާތު ނެރުމައްޗައް އެރި އައިމާ ކޮންސްޓްރަކްޝަންގެ ލޯންޗުގެ ބައެއް ސާމާނު އޮޔާ ދާތީ ސަމާލުކަން ދިނުމަށް އިލްތިމާސްކުރަމެވެ.

މިއަދު ހެނދުނު 07:12 ހާއިރު މާލެ ދެކުނު ފަރާތު ނެރުމައްޗަށް މި ލޯންޗް އެރުމާއި ގުޅިގެން މި ލޯންޗުގެ ބައެއް ތަކެތި އޮޔާދާތީވެ، އެ ސަރަހައްދުން ދަތުރު ކުރައްވާ އުޅަނދުތަކުން މިކަމަށް ހާއްސަ ސަމާލުކަމެއް ދެއްވުމަށް އިލްޠިމާސްކުރަމެވެ.