ހ. ނިއުޝޯރ ޝައިން ގައި ރޯވި އަލިފާން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސްއިން ނިއްވާލައިފި
01 ސެޕްޓެމްބަރ 2018 06:38

ހ. ނިއުޝޯރ ޝައިން ގައި ރޯވި އަލިފާން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސްއިން ނިއްވާލައިފި އެވެ.

މިހާދިސާގެ މަޢުލޫމާތު މިއަދު 15:22 ހާއިރު އެމްއެންޑީއެފް އެފްއާރުއެސްއަށް ލިބުމާއެކު ވަގުތުން ވަނީ ހަރަކާތްތެރިވާން ފަށާފައެވެ. މިގޮތުން ފަޔަރ ފައިޓަރުން އެސަރަހަށްދަށް ގޮސް ކުރި މަސައްކަތުން އެ ގޭގައި ރޯވެފައިވާ އަލިފާން އެއްކޮށް ނިއްވާލާފައި ވަނީ މިއަދު 15:41 ގައެވެ.

މިހާދިސާގައި އަލިފާން ރޯވި ގެއަކީ އެއްވެސް މީހަކު ދިރިނޫޅޭ ތަޅާލާފައިވާ ގެއެކެވެ. އަދި އަލިފާން ރޯވެފައި ވަނީ އެ ގޯތީގައި ހުރި ލަކުޑިތަކެއްގައެވެ. މިހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ.